ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާ ހުށަހަޅާނެ ނިޒާމެއް ގާއިމް ކޮށްފި

121

ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާތައް ހުށަހެޅުމަށް “މައިގްރެންޓް ވޯކަރ ރިސޯސަސް ސެންޓަރ” ގެ ނަމުގައި ސެންޓަރެއް މިއަދު ހޯމް މިނިސްޓްރީން ހުޅުވައިފިއެވެ. މި ސެންޓަރު ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯއެމް)ގެ ރީޖަނަލް ޑައިރެކްޓަރު އިޔޯރީ ކާޓޯއެވެ.

މި ސެންޓަރާއެކު، “މައިގްރެންޓް ކަނެކްޓް” ގެ ނަމުގައި އޮންލައިންކޮށް ޝަކުވާ ހުށަހެޅޭނެ ޕޯޓަލެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ. މި ޕޯޓަލްވެސް އިފްތިތާޙުކޮށްދެއްވާފައިވަނީ ހެލްތު މިނިސްޓަރު ނާޒިމެވެ.

އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއަކަށްވެސް ޤާނޫނީ ރައްކާތެރިކަން ލިބި، އެ މީހުންގެ ޙައްޤުތައް ކަށަވަރުވާންޖެހެއެވެ. އަދި “ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީންގެ ބޭނުން ނަހަމަގޮތުގައި ބައެއް ފަރާތްތަކުން އަންނަނީ ހިފަމުން” ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަލަށް ޤާއިމުކުރެވުނު މި ދެ ޚިދުމަތުގެ ސަބަބުން، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށްވެސް ގަވާއިދުގެ ތެރެއަށް ވަނުމަށް މަގުފަހިވެގެންދާނެ ކަމަށް ޑރ. ފައިރޫޝް ވިދާޅުވިއެވެ. މި ސެންޓަރާއި ޕޯޓަލްގެ ޚިދުމަތް ތަޢާރަފުކުރެވުމަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

WhatsApp Image 2026 03 05 at 13.42.57

ރާއްޖޭގައި ޝީޝާ މަނާކުރަން ދަނީ މަޝްވަރާކުރަމުން: ނާޒިމް

778

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ އިތުރު 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް