ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑަށް ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި

Guryvgbacaau6rz
ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް — ފޮޓޯ: އެމްއެންޑީއެފް

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ ހޯދަން ބޮޑު ސަރަހައްދެއް ބެލިފައިވީ ނަމަވެސް، އަދިވެސް އޭނާ ފެނިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މި މަހުގެ 25 ވަނަ ދުވަހު މާލެ އިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ލޭންޑިން ކްރާފްޓުން ދަތުރުކުރީ ދެ ސިފައިންނާއި އާންމުންގެ މީހެއް އަދި ތިން ބިދޭސީންނެވެ. އޭގެ ތެރެއިން ސިފައިންގެ މީހެއް ނިޔާވެފައިވާ އިރު، ބިދޭސީ މީހަކު ވަނީ ގެއްލިފައެވެ.

އެމްއެންޑީއެފުން ބުނީ، ބިދޭސީ މީހާ ހޯދުމަށް 1035 އަކަ ނޯޓިކަލް މޭލުގެ ސާފޭސް ސާޗުކޮށްފައިވާ ކަމަށާއި 1496 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް އޭރިއަލް ސާޗުގައި ބަލާފައިވާ ކަމަށެވެ. އަދިވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ނިޔާވެފައި އޮއްވައި ފެނުނީ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ޑައިވިން ދޯނީގައި ރޯވުން: ދޯނި އަޑިއަށް، އެކެއްގެ ފައި ފިހިއްޖެ

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

Big C9T3CKlQgbjnTSq5kPakTOIEG

ރަން މެޑަލް ހޯދި ސިފައިންނަށް ހޫނު މަރުޙަބާއެއް

“ޕެޓްސް ކޮމްޕެޓިޝަން” ވާދަކޮށް އެމްއެންޑީއެފުން ރަން މެޑެލި ހޯދައިފި