ކުއްލި ޚަބަރު

މާދަމާރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރާނެ

ފުވައްމުލަކު އެއާޕޯޓް ތަރައްގީކުރަން މަޝްވަރާކޮށްފި

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ނިންމައިފި

މާލެއިން ބުޅާ ގެއްލޭ މައްސަލަ ފުލުހުން ބަލަން ފަށައިފި

މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެއްލެމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންގެ ޚިދުމަތުގައި އެދިފައިވާކަމަށް އެނިމަލް ވެލްފެއަރ މިނިސްޓްރީން ބުނެފިއެވެ.

އެނިމަލް ވެލްފެއަރ މިނިސްޓްރީން މިއަދު ބުނީ މާލެއިން ބުޅާ ގެއްލޭކަމުގެ ކަންބޮޑުވުންތައް ސޯޝަލްމީޑިއާގައި ފާޅުކުރަމުންދާކަމަށެވެ. އެހެން ނަމަވެސް ރަސްމީގޮތެއްގައި އެއްވެސް ފަރާތަކުން އެ މައްސަލަ މިނިސްޓްރީއަށް ހުށައަޅާފައިނުވާކަމަށް މިނިސްޓްރީން ބުނެއެވެ. އެހެން ނަމަވެސް މިނިސްޓްރީގެ އުސޫލަކީ އެފަދަ ކަމެއް ނުރަސްމީ ގޮތެއްގައިވެސް ސަމާލުކަމަށް އައުމާއެކު ފިޔަވަޅު އެޅުންކަމަށްވުމުން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އިރުޝާދުގެ ދަށުން އެކަން ހިނގަމުންދާ ގޮތް ހޯދުމަށް ފުލުހުންނަށް ހުށައަޅައި އެހީތެރިކަމަށް އެދިފައިވާ ކަމަށް އެނިމަލް ވެލްފެއަރ މިނިސްޓްރީން ބުންޏެވެެ.

ފުލުހުންނަށް މައްސަލަ ހުށައަޅާފައިވަނީ ތަހުގީގެއް ކުރިއަށް ގެންގޮސް ބަލާ ފާސްކުރުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ބާރު ލިބިފައިވަނީ އެ މުއައްސަސާއަށްވުމުންކަމަށް މިނިސްޓްރީ އިން މައުލޫމާތުދެއެވެ. މިނިސްޓްރީން ދަނީ ފުލުހުންނާއި ގުޅިގެން އެ މައްސަލަ ބަލަމުންކަމަށާއި ރަސްމީ ގޮތުން މިކަން ބަލައިދިނުމަށް އެދި ސިޓީ ފޮނުވާފައިވާކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ އެނިމަލް ވެލްފެއަރ މިނިސްޓްރީގެ އެދުމުގެ މަތިން ބުޅާ މަދުވާ މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤީ މަސައްކަތްތަކެއް މިހާރު ފަށައިފައިވާ ކަމަށެވެ. އެގޮތުން އެނިމަލް ވެލްފެއަރ މިނިސްޓްރީން ރަސްމީކޮށް ފުލުހުންގެ އެހީތެރިކަމަށް އެދުމާ ގުޅިގެން، ފުލުހުން މާލޭގެ އެކި ސަރަހައްދުތަކުގައި ޕެޓްރޯލްކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މަސައްކަތުގައި ޚާއްޞަ ސަމާލުކަމެއް ދެވެނީ ބުޅާ މަދުވަމުންދާ ސަބަބު ދެނެގަތުމަށް ކަމަށް ފުލުހުން ބުނެއެވެ.

މިކަމާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެ މަޢުލޫމާތު އެނިމަލް ވެލްފެއަރ މިނިސްޓްރީ ނުވަތަ ފުލުހުންގެ މުއައްސަސާއާ ހިއްސާކުރުމަށް އެ ދެއިދާރާ އިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

shiyaza

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުސް އޮފިސަރު ވަޒީފާއިން ވަކިކުރަން ނިންމައިފި

police

އަލަށް އެކުލަވާލި ގާނޫނުގެ ދަށުން ހައްޔަރުކުރި މީހުންގެ ފޮޓޯ އާންމުކޮށްފި 

540579511 1201155258705306 3033698608597791042 n

ލަންކާ އަތުން ރާއްޖެއަށް ފަސޭހަ މޮޅެއް

minivan-champ

އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފި 

TTH_advertisement ELL Mobile Advertisement