ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ގަމުގައި ޚާއްސަ ފެސްޓިވަލެއް ބާއްވަނީ

laamu gamu
STO_Ads
TTH_Ads
Advertisement

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ލ. ގަމުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން “ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް” ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

” ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް” ގެ ނަމުގައި ކުރިޔަށްގެންދިޔަ މި ފެސްޓިވަލްގެ ސްޓޯލްތައް ބައްލަވާލެއްވުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް
ވެސް ވަނީ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވާފައެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށްޓަކައި މިއަހަރު ލާމު އަތޮޅުގައި ކުރިޔަށްގެންދާ ހަރަކާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތް ކުރައްވަނީ މިފަދަ ހަރަކާތްތައް މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ކުރިޔަށްގެންދިއުމަށް ކަމަށެވެ.

HajjCop_ads
Advertisement

“އަޅުގަނޑުމެން މި ބަލަނީ އަތޮޅުތެރޭގެ ރަށްރަށުގަވެސް ވީހާވެސް ބޮޑަށް ތިމާވެށީގެ ހަރަކާތްތައް އިތުރުކުރަން، ހަމައެކަނި މާލޭގަ އެކަނި ނުކޮށް އަތޮޅުތެރޭގެ އެކި ސަރަޙައްދުތަކުގަ މިކަންތައް ކުރަން. އެގޮތުން، މިއަހަރު ލާމު އަތޮޅުގަ މި ހަރަކާތްތައް ކުރިޔަށްގެންދިއުމަށް ނިންމެވި މައިގަނޑު ސަބަބަކީ ލާމު އަތޮޅަކީ ތިމާވެއްޓާބެހޭ ވުޒާރާއިން ޚާއްސަ އިސްކަމެއް ދީގެން ކުރިޔަށް ގެންދެވި، ލާމު އަތޮޅުގެ ނެޗުރަލް ކެޕިޓަލް އެކައުންޓް ބެލުމުގެ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވާ އަތޮޅަކަށްވާތީ” ވަޒީރު ޠާރިޤު އިބްރާހީމް

އިއްޔެ ހަވީރު 15:00 އިން 18:30 އަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި ތިމާވެއްޓާއިބެހޭ ވުޒާރާގެ އިތުރުން، ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކުންވެސް ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ މި ހަރަކާތަށް އާންމުންގެ ފަރާތުންވެސް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

VVV

ހަނގުރާމައިގެ ގެއްލުމާ ކުރިމަތިވި ރިސޯޓްތަކަށް ބީއެމްއެލް މެދުވެރިކޮށް މާލީ އެހީ ދެނީ

Minister Thoriq Ibrahim

ތެޔޮ އެތެރެކުރަން ރާއްޖެއިން މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހޭދަކުރި

Laamu link road

ލާމު ލިންކުގައި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެެއްޖެ

Oo

ނުފުރި ތިބި ފަތުރުވެރިންނަށް ސަރުކާރުން އެހީ ވަނީ