މި މަޝްރޫޢުގެ ދަށުން ބަނދަރަށް ވަންނަ ބޮޑެތި ރާޅުތައް ކޮންޓްރޯލް ކުރުމަށްޓަކައި 360 މީޓަރުގެ ބޭރުތޮށްޓެއް ޤާއިމުކުރުމާއި، ބޮޑެތި އުޅަނދުފަހަރަށް ފަސޭހައިން ވަދެނިކުމެވޭ ގޮތަށް ނެރާއި ބަނދަރުގެ ފަޅު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން އެޕްރޯޗް ސްލެބް އެޅުމާއި، ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

ލ. ގަމަކީ އެ އަތޮޅުގެ އެންމެ ބޮޑު އަދި އެންމެ އާބާދީ ބޮޑު އެއް ރަށެވެ. އަދި ފޮނަދޫ، ކައްދޫ އަދި މާމެންދޫއާ އެއްގަމު މަގުން ގުޅިފައިވާ ރަށަކަށް ވުމުން، ގަމުގެ ބަނދަރަކީ މުޅި އަތޮޅުގެ ދަތުރުފަތުރާއި އިޤްތިޞާދީ ޙަރަކާތްތަކުގެ މައި މަރުކަޒެވެ.

މި މަޝްރޫޢު ނިމުމުން އެ ސަރަޙައްދުގެ މަސްވެރިކަމުގެ ވިޔަފާރިތަކަށާއި މުދާ އުފުލުމުގެ އިތުރުން ޢާންމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު މި މަޝްރޫޢު ނިމުމުގެ ފަހު މަރުޙަލާއާ ވަނީ ގާތްވެފައެވެ.

އިޝްތިހާރު އިޝްތިހާރު