ކުއްލި ޚަބަރު

މަންޑޭ ޝަރީއަތް ނިމެންދެން ބަންދަށް ގެންގޮސްފި

ހާފިޒުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރަން ސަރުކާރުން ނިންމައިފި

ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާނު ނުހުއްޓަނީސް، ހަމަލާތައް ހުއްޓާނުލާނޭ ކަމަށް ޔަމަނުން ބުނެފި

ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި

3

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ޢަބްދުއްނާސިރު ޝަފީޤުއެވެ.

މި ރަސްމިއްޔާތުގައި، ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް އަދި ހެޑް އޮފް ރެކްރޫޓްމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިލްޔާސް މުހައްމަދު ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުންނެވެ. އެއީ އަންހެން 34 ފުލުހުންނާއި ފިރިހެން 99 ފުލުހުންނެވެ.

ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ އިގުރާރުގައި ސޮއިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 06 24 at 11.15.02 (1)

ލޯންޗަކާއި ޑިންގީއެއް ޖެހި އެެކްސިޓެންޑެއް: ތިން މީހަކަށް ފަރުވާދެނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

3

އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

3

ސްޓެލްކޯގެ އިންހައުސް ޓްރެއިނާސް ޕޫލް އިފްތިތާހުކޮށްފި

TTH_advertisement ELL Mobile Advertisement