ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭލެވެލްއަށް ކިޔަވާ ކުދިންގެ އަދަދު %77 ވަނީ އިތުރުވެފައި: ޑރ. އިސްމާޢިލް

minister Dr ismail
މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަދައްކަވަނީ — ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
STO_Ads
TTH_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ފެއްޓެވި ޕައިލެޓް ޕްރޮގްރާމާއެކު ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލްއަށް ކިޔަވާ ކުދިންގެ އަދަދު %77 އިތުރުވެފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ 5 ވަނަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ އޭލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރުވާން ޖެހޭކަން ފާހަގަކުރައްވާފައެވެ. 2024 ވަނަ އަހަރުގެ އިމްތިހާންގައި އޭލެވެލްއިން ފާސްވި ކުދިންގެ އަދަދު އޭގެ ކުރީއަހަރަށްވުރެ 106 ކުދިން އިތުރުވެފައިވާކަމަށެވެ. އަދި ނަތީޖާ މިހާރަށްވުރެ މަތިކޮށް ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކަށް ވަދެވޭ ކުދިންގެ އަދަދު ގިނަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ކުރައްވަމުން ގެންދަވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ މާލެ ނުހިމަނާ އަތޮޅުތެރޭގެ 23 ސްކޫލެއްގައި ގްރޭޑް 11 އަދި 12 ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ފެއްޓެވި ޕައިލެޓް ޕްރޮގްރާމް ކާމިޔާބުކަމަށެވެ. އެގޮތުން ސަރުކާރު ސްކޫލްތަކުގައި އޭލެވެލް ކިޔެވި ދަރިވަރުންގެ އަދަދު ކުރިއާއި އަޅާބަލާއިރު %77 އިތުރުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

“.މި ފެއްޓި ޕްރޮގްރާމުން ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ކުރީއަހަރަށްވުރެ %77 މަތިވެގެންދިޔަ. އަދި ސަރުކާރާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕާއި ޕްރއިވެޓް ސްކޫލްތައް ގުޅިގެން މުޅި ޖުމްލަ އެއްކޮށްލުމުން އޭލެވެލް ކިޔަވާ ކުދިންގެ އަދަދު މުޅި ރާއްޖޭގައި %38 އިތުރުވި.” ވަޒީރު ވިދާޅުވިއެވެ

ވަޒީރު ވިދާޅުވީ އަދިވެސް ގިނަ އަދަދެއްގެ ދަރިވަރުން އޭލެވެލްގެ ތައުލީމުން މަހުރޫމްވަމުންދާކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މަސައްކަތް ކުރަމުންދަނީ އަތޮޅުތެރޭގެ 23 ސްކޫލެއްގައި ސަރުކާރުން ޕައިލެޓްކުރި އޭލެވެލް ފުރުސަތު ފަހިކުރުމުގެ ޕްރޮގްރާމް މި ނިމުނު އޯލެވެލްގެ ބެޗަށް ތައާރަފްކޮށް މާލޭގައިވެސް މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް މިހާރު ނިންމާފައިވާކަމަށެވެ. އަދި މި މަސައްކަތް ކުރުމަށްޓަކައި މާލެއާއި އަދި ހުޅުމާލޭގެ ސީއެޗްއެސްއީގައި ޖާގަ އެބަހުރިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި ސަރުކާރުގެ އަމާޒަކީ ދަރިވަރުން ބާކީކުރުމުގެ ސިޔާސަތު ނައްތާލައި ރާއްޖޭގައި އޭލެވެލް އެއީ ސްކޫލުން ނިންމާ މަރުހަލާގެ ގޮތުގައި މި 5 އަހަރު ނިމިގެންދާއިރުގައި ކަނޑައެޅިގެން ދިއުންކަމަށްވެސް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

465380 aae6f215 0

މަތީ ސާނަވީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ނިސްބަތް 48 އިންސައްތައަށް އިތުރުވެއްޖެ

90

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުން އިތުރުވާނެ ކަމަށް ވަޒީރު ވިދާޅުވެއްޖެ

Igmh

ދަރިވަރުން އަމިއްލައަށް ކިޔެވުމަށް ޒިންމާވެ ޓިއުޝަންގެ ސަގާފަތާ ދުރުވުމަށް އެޑިއުކޭޝަން މިނިސްޓަރު ގޮވާލައްވައިފި

education minister

ވޯލްޑްކަޕް ފެށިފަހުން ސްކޫލަށް ނުދާ ކުދިންގެ އަދަދު 8000 އިން މައްޗަށް