ކުއްލި ޚަބަރު

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ސަރުކާރުގެ ފުރަތަމަ ސްކީމުން 15000 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތު އިފްތިތާހުކޮށްފި

ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙް ވާދަކުރައްވަން ނިންމަވައިފި

ibrahim mohamed solih

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވާދަކުރައްވަން ނިންމަވާފައިވާކަން ހާމަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިކަން ހާމަކުރައްވާފައިވަނީ، އެމަނިކުފާނަށް ތާއީދު ކުރާ އެމްޑީޕީގެ މެންބަރުންނާ އެކު މާލޭގައި ބޭއްވި ކެއުމެއްގައި ޞާލިޙާ އެކު ގާތުން މަސައްކަތް ކުރައްވާ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރަޝީދު (ބިގޭ) އެވެ.
ރައީސް ޞާލިޙް އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަވެފައި މިވަނީ، އެމަނިކުފާނަށް ތާއީދުކުރާ މެންބަރުންނާ އެކު ވަކިން ބައްދަލުވުންތަކެއް ކުރިއަށް ގެންދަވާތީ އެކަން އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ކުށްވެރިކުރަމުންދާ ދަނޑިވަޅެއްގައެވެ. އޭގެ އިތުރުން މިކަން ހާމަވެފައި މިވަނީ، ދަ ޑިމޮކްރެޓްސް އުވާލައި ރައީސް މުޙައްމަދު ނަޝީދު ވެސް އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމަވާ އެކަމަށް ކުލަގަދަ ޖަލްސާއެއް އެމްޑީޕީން ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބިގޭ އެކަން ހާމަކުރެއްވި ބައްދަލުވުމުގައި އެމްޑީޕީގެ އިސް ބޭފުޅުންގެ ގޮތުގައި އުޅުއްވާ، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މުޙައްމަދު އަސްލަމް އަދި ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ފަދަ ބޭފުޅުން ހިމެނެއެވެ.
އަދި ބިގޭ އެކަން ހާމަ ކުރެއްވުމުން އެ ބޭފުޅުން ރައީސް ޞާލިޙް ގެ ނިންމެވުމަށް ތާއީދު ކުރާކަން ވެސް ވަނީ ހާމަ ކުރައްވާފައެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ މީހަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދުގެ އިތުރުން އެ ޕާޓީގެ ރައީސް ޢަބްދުالله ޝާހިދު ވެސް ވާދަކުރައްވަން ޝައުގުވެރިވާކަން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement