ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑު ޖެހިޖެހިގެން 6ވަނަ ފަހަރަށް ރާއްޖެ

ޕާކިސްތާނު މީހަކު ރާއްޖެ ގެނައި ޑްރަގާ ހަވާލުވި މީހަކު 18 އަހަރަށް ޖަލަށް

130 ޑްރަގް މައްސަލާގައި ހިމެނޭ ޝަހީބަށް އިއްވި ހުކުމް އިސްތިއުނާފުކޮށްފި

އައިޔޫއެމް އިން ދޭ ރިސާޗް ގްރާންޓްގެ ގޮތުގައި، 350،000 ރުފިޔާ ފަސް ފަރާތަކަށް ދީފި

3

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އިން ދިވެހިރާއްޖޭގެ ރިސާޗްގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގެ މަގްސަދުގައި ދޫކުރާ ރިސާޗް ގްރާންޓްގެ ގޮތުގައި، ޖުމްލަ 350,000 ރުފިޔާ ފަސް ފަރާތަކަށް ދީފިއެވެ.

މި ގްރާންޓް ދީފައިވަނީ ރިސާޗްގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގެ މަގްސަދުގައެވެ. އައިޔޫއެމްއިން ރިސާޗް ގްރާންޓް ދެމުން އަންނަނީ މައިގަނޑު ތިން ދާއިރާއަކުންނެވެ. އެއީ ރިސާޗް ޕްރޮމޯޝަން ސްކީމާއި، ޕޯސްޓް ގުރެޖުއޭޓް ރިސާޗް ސްކީމުގެ އިތުރުން އިނޮވޭޝަންސް ސްކީމެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އިއުލާން ކުރި އައިޔޫއެމްގެ ރިސާޗް ގްރާންޓަށް ޖުމްލަ 13 ޕްރޮޕޯސަލް ހުށައަޅާފައިވާއިރު، މިފަހަރު ގްރާންޓް ދީފައިވަނީ ރިސާޗް ޕްރޮމޯޝަންސް ސްކީމާއި އިނޮވޭޝަންސް ސްކީމުގެ ދަށުންނެވެ. އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ރިސާޗް އެންޑް އިނޮވޭޝަންސް، ޑރ. ވިޝާލް މޫސާ ވިދާޅުވީ، ޕޯސްޓް ގުރެޖުއޭޓް ރިސާޗް ސްކީމުގެ ދަށުން ގްރާންޓް ދެވޭ ވަރަށް ޕްރޮޕޮސަލް ހުށައަޅާފައިނުވާ ކަމަށެވެ.

މިފަހަރު ރިސާޗް ގްރާންޓް ލިބުނު ފަސް ފަރާތަކީ:

  • އައިޝަތު ޝިފާ (އިނޮވޭޝަން ގްރާންޓް)
  • ޑރ. މަރިޔަމް ޝަރީފާ (ރިސާޗް ގްރާންޓް)
  • ޑރ. ފާތިމަތު މުނާ (ރިސާޗް ގްރާންޓް)
  • އަލްއުސްތާޛު މުޙައްމަދު އިމްރާން (ރިސާޗް ގްރާންޓް)
  • ޑރ. ސުނީނާ ރަޝީދު (ރިސާޗް ގްރާންޓް) އެވެ.

ޑރ. ވިޝާލް އިތުރަށް ވިދާޅުވީ، މި ފަސް ފަރާތުން ހުށައެޅި ރިސާޗް ޕްރޮޕޯސަލްތަކުގައި 13 ފަރާތަކުން މަސައްކަތް ކުރައްވާއިރު، އޭގެ ތެރޭގައި އެ ޔުނިވަރސިޓީން ބޭރުގެ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ރިސާޗްގެ ދާއިރާ އެ ޔުނިވަރސިޓީން ފުޅާކޮށްފައިވާއިރު، މިދިޔަ އަހަރާއި މި އަހަރު އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ރިސާޗް މަސައްކަތްތަކުގެ އަގު 13 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ޑރ. ވިޝާލް ވިދާޅުވިއެވެ. މި އަހަރު ވެސް އިތުރު ޕްރޮޕޯސަލްތައް ހުށައަޅާފައިވާ ކަމަށާއި، ގިނަ ޕްރޮޖެކްޓްތަކަށް ގްރާންޓް ލިބޭނެކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ޑރ. ވިޝާލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕަށް ކުރިމަތިލީ ފަރާތްތަކަށް މައުލޫމާތުދީފި

Ium

އައިޔޫއެމްއާ ޖެހިގެން އޮތް ޕާކްގެ ހިމެނޭ ބިން އެ ޔުނިވާސިޓީއަށް ލިބިއްޖެ

Vljxvvpz2zghs6botzf5bbcfriv1bwf7o4jc28fo

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގާނޫނީ ދާއިރާއިން ޑިގްރީ ފުރުޞަތު ހުޅުވައިލައިފި

TTH_advertisement