ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުވައްމުލަކު އެމްޑީޕީ ކައުންސިލަރުންނާ ޝާހިދު ބައްދަލުކުރައްވައިފި

Shaaid

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިހާރު ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި، ފުވައްމުލަކުގައި ތިބި އެމްޑީޕީގެ ކައުންސިލަރުންނާ ބައްދަލު ކުރައްވައިފިއެވެ.

ފުވައްމުލަކު ސިޓީގެ އެމްޑީޕީގެ ކައުންސިލަރުންގެ އިތުރުން އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގައި ތިބި އެމްޑީޕީގެ މެންބަރުންނާ ވެސް ޝާހިދު ބައްދަލު ކުރެއްވިއެވެ. އަދި ފުވައްމުލަކު އެމްޑީޕީގެ އާންމު މެންބަރުންނާ ވެސް ޝާހިދު ވަނީ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުވުން ތަކަށް ފަހު ޝާހިދު ވިދާޅުވެފައި ވަނީ ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމު ފުނޑިގެން ދިޔަ ނުދިނުމަށް ކައުންސިލަރުންނާއި މެމްބަރުން ތިބީ މަސައްކަތް ކުރަންކަަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވައި ކުރެވޭ ކޮންމެ މަޝްވަރާއަކުންވެސް ޕާޓީ އިތުރަށް ހަރުދަނާ ކުރުމުގެ ފުރުޞަތު ލިބިގެންދާ ކަމަށާއި އެމްޑީޕީއަކީ ރައްޔިތުންގެ ޕާޓީއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ސާޖަންޓް އާދަމް ހަލީމް މަރާލިކަން ސަމާހުގެ މައްޗަށް އަނެއްކާވެސް ސާބިތުވެއްޖެ

VVV

ހަނގުރާމައިގެ ގެއްލުމާ ކުރިމަތިވި ރިސޯޓްތަކަށް ބީއެމްއެލް މެދުވެރިކޮށް މާލީ އެހީ ދެނީ

WhatsApp Image 2026 03 29 at 18.59.14

ކުނބުރުދު އާއި މަހިބަދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް އެޗްޑީސީއާ ހަވާލުކޮށްފި

Iu

ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއާލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށައިފި