ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސާޖަންޓް އާދަމް ހަލީމް މަރާލިކަން ސަމާހުގެ މައްޗަށް އަނެއްކާވެސް ސާބިތުވެއްޖެ

Mussss

މީގެ 13 އަހަރު ކުރިން ކ. ކާށިދޫގައި ޑިއުޓީއަށް ނުކުމެ ހުއްޓައި ވަޅިއަކުން ހަމަލާދީ، ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލައިގައި އެރަށު ސުވާސާގޭ މުހައްމަދު ސަމާހުގެ މައްޗަށް ކުރި ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އަނެއްކާވެސް ސާބިތުވެއްޖެ ކަމަށް މިއަދު އެ ކޯޓުން ކަނޑައަޅައިފި އެވެ.

މި ހާދިސާ ހިނގީ 23 ޖުލައި 2012ގައެވެ. ކުރިން ސަމާހުގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ހުކުމްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ އަލުން ބެލުމަށް އަންގާފައެވެ.

ސަމާހު މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލަ އަލުން ބެލުމަށް ފަހު، ސަމާހުގެ މައްޗަށް ކޮށްފައިވާ، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް މިއަދު ވަނީ ހުުކުމްކޮށްފައެވެ.

ދެން އޮންނާނީ ސަމާހުގެ މައްޗަށް އަދަބު ކަނޑައެޅުމަށްޓަކައި އާދަމް ހަލީމްގެ ވާރިސުންގެ ހެކިބަސް ނެގުމެވެ. އެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

މީހެއްގެ ހަށިގަނޑަށް ގެއްލުންދިން މީހަކު ހޯދަނީ

Original

މާފަންނު ފިހާރައެއްގެ ތެރޭގައި މީހަކު މަރާލި ކަމުގެ ދައުވާ ލިބުނު ދެ މީހުން ސަލާމަތްވެއްޖެ

Mussss

ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

Mussss

މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު 12 އަހަރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި