ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލެޓުތައް އަންނަ މަހުން ފެށިގެން ހަވާލުކުރަން ފަށާނަން، ފެންވަރު ރަނގަޅުވާނެ: މުއްތަލިބު

Gtzmhiqwyaaew4p
އެފްޑީސީން ތަރައްގީކުރާ ފުލެޓުތަކުގެ މަސައްކަތް ރައީސް ބައްލަވައިލެއްވުން — ފޮޓޯ: ރައީސް އޮފީސް
TTH_Ads
STO_Ads
Advertisement

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތައް އަންނަ މަހުން ފެށިގެން ހަވާލުކުރަން ފަށާނެ ކަމަށާއި އެ ފުލެޓުތަކަކީ ފެންވަރު ރަނގަޅު ފުލެޓުތަކަކަށް ވާނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރާ 4000 ފުލެޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ވަޑައިގެންނެވުމަށްފަހު ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ހަވާލުވި އިރު، ވަރަށް ބާރު ސްޕީޑުގައި ފުލެޓުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެފްޑީސީ އާއި ކޮންޓްރެކްޓަރާ ގުޅިގެން ވަރަށް ރަނގަޅަށް ބެލިގެން ރަނގަޅު ފެންވަރުގެ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

“އަޅުގަނޑުމެން އުންމީދުކުރަނީ ޖުލައި މަސް ތެރޭގައި އެގްރިމަންޓު ހެދުމުގެ މަސައްކަތާއި ތަން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށް. މިއީ އެއްފަހަރާ ކުރިއަށްގެންދެވޭ ކަމަކަށްވުރެ ބޮޑަށް މަސައްކަތް ނިމެމުންދާ ވަރަކަަށް ހަވާލުކުރަމުން ގެންދެވޭނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުންމީދު މި ކުރަނީ މިހާރު ގޮސްފައި ހުރި މިންވަރަށް ބަލާ އިރުގައި، ސެޕްޓެމްބަރުގެ ނިޔަލަށް އަޅުގަނޑުމެންނަށް 4000 ފުލެޓު ލިބޭ ފަރާތްތަކަށް އެ ފުލެޓުތައް ހަވާލުކޮށް، އެ ތަންތަނުގައި އެބޭފުޅުން ދިރިއުޅެން ފަށާނެ ކަމަށް،” މިނިސްޓަރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

މުއްތަލިބު ވިދާޅުވީ އެފްޑީސީން ވަރަށް ބޮޑެތި ބައިވަރު މަސައްކަތްތަކެއް ކޮންޓްރެކްޓުކޮށްފައިވާ ކަމަށާއި ޕްރޮޖެކްޓުގެ ސްކޯޕުގެ ތެރޭގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މަސައްކަތް ހިމެނިފައިނުވި ނަމަވެސް، މިހާރު ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީއާ ގުޅިގެން ވީހާވެސް އަވަހަކަށް ހިދުމަތްތައް ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

“އެފްޑީސީން ކޮށްފައި ހުރި މަސައްކަތަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލައިގަނެ ޝުކުރު އަދާކުރަން. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް މި ލިބިގެންދާ ފުލެޓުތަކަކީ ރަނގަޅު ފެންވަރެއްގެ ނިމިފައި ހުރި، ރައްޔިތުން ހިތްހަމަޖެހޭ ވަރުގެ ރަނގަޅު ދިރިއުޅުމެއް އުޅުމަށް އެކަށީގެންވާ ބޯހިޔާވަހިކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބު އިތުރަށް ވިދާޅުވީ ފުލެޓުތަކުގެ މަސައްކަތްތަކާ މެދު ސަރުކާރުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ޓަވަރުތަކަށް މީހުން ވެއްދޭ ހިސާބަށް ދާންވާއިރަށް ހުރިހާ ހިދުމަތްތަކެއް ވެސް ފުރިހަމަވެގެންދާނެ ކަމަށެވެ.

ފުލެޓު ލިބޭ މީހުންގެ ލިސްޓެއް މިދިޔަ ސަރުކާރުން ނެރެފައިވާ އިރު، އެ ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ލަފަޔާއެކު މި ސަރުކާރުން ވަނީ އެ ލިސްޓު ރިވިއުކުރުމުގެ މަސައްކަތް ފަށައިފައެވެ. އެ މަސައްކަތް ނިންމައި، މި ސަރުކާރުން ނެރުނު ލިސްޓުގައިވާ ގޮތުން ޝަރުތު ހަމަވެފައިވަނީ 1820 މީހުންނެވެ.

ނަމަވެސް ފަހުން މި ސަރުކާރުން ނިންމީ ކުރީ ސަރުކާރުން ވެސް ނެރުނު ލިސްޓާ އެއްގޮތަށް ފުލެޓުތައް ދިނުމަށެވެ. ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr muthalib

ހިޔާ ވަހި ފައިނޭންސް ސްކީމްގެ ދަށުން އެއް ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފި

DSC

ޑްރާފްޓު އެޕްލިކޭޝަނާއެކު ފްލެޓަށް އެދި މިހާތަނަށް 37000އަށްވުރެ ފޯމު

Minister Muthalib

މާލޭ ސަރަހައްދުގައި މިހާރު ލިބެން ހުރި ބިމުން 10،700 ހައުސިންގ ޔުނިޓު އެޅޭނެ: މުއްތަލިބު

43

ތިލަމާލެ ބްރިޖުގައި އަޑިގުޑަންތަކެއް ހުރިކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރު މުއްތަލިބު ދޮގުކުރައްވައިފި