ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެދޮރުވެރިޔާ ސްކީމުގެ ފުލެޓު ދޫކުރާނީ ކުލި ދައްކައި ހަލާސްކުރުމުން: މިނިސްޓަރު

Gtzmhiqwyaaew4p
އެފްޑީސީން ތަރައްގީކުރާ ފުލެޓުތަކުގެ މަސައްކަތް ރައީސް ބައްލަވައިލެއްވުން — ފޮޓޯ: ރައީސް އޮފީސް
STO_Ads
TTH_Ads
Advertisement

މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީކުރާ 4000 ފްލެޓުތައް ރަޖިސްޓްރީކޮށްދޭނީ ކުލި ނުވަތަ އިންސްޓޯލްމަންޓު ފައިސާ ދައްކައި ހަލާސްކުރުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ފްލެޓުތަކުގެ އެއްބަސްވުން މިވަގުތު ހަދަން ނިންމާފައިވަނީ 25 އަހަރަށް ކަމަށާއި އެހެންކަމުން ފްލެޓުތައް ރަޖިސްޓްރީކޮށްދޭނީ އެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓް ފައިސާ ދެއްކުމުން ކަމަށެވެ.

އެގޮތަށް އުސޫލު ބަދަލުކުރީ ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދެއްކުމުގެ މައްސަލަ ބޮޑުވެފައިވާތީ ކަމަށާއި އެހެން އޮތުމުން ކުލި ނުދައްކާ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅަން ސަރުކާރަށް ފަސޭހެވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން މިހާރު ފާސްކުރަން ތައްޔާރުވަމުން އަންނަ ގެދޮވެރިވެރިކަމުގެ ބިލުން ވެސް އެ މައްސަލައަށް ބޮޑެތި ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ. އޭރުން ކުލި ނުދައްކާ މީހުން ގޮވައިގެން ކޯޓު މަރުހަލާއަށް ނުގޮސް އަދި މާ ބޮޑު ދަތިތަކެއް ނެތި ކުލި ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރާ ފުލެޓުތައް އަންނަ މަހު ދޫކުރަން ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr muthalib

ހިޔާ ވަހި ފައިނޭންސް ސްކީމްގެ ދަށުން އެއް ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފި

DSC

ޑްރާފްޓު އެޕްލިކޭޝަނާއެކު ފްލެޓަށް އެދި މިހާތަނަށް 37000އަށްވުރެ ފޯމު

Minister Muthalib

މާލޭ ސަރަހައްދުގައި މިހާރު ލިބެން ހުރި ބިމުން 10،700 ހައުސިންގ ޔުނިޓު އެޅޭނެ: މުއްތަލިބު

43

ތިލަމާލެ ބްރިޖުގައި އަޑިގުޑަންތަކެއް ހުރިކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރު މުއްތަލިބު ދޮގުކުރައްވައިފި