ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

4000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވައިލައްވައިފި

Gtzmhicxgaavycx
އެފްޑީސީން ތަރައްގީކުރާ ފުލެޓުތަކުގެ މަސައްކަތް ރައީސް ބައްލަވައިލެއްވުން — ފޮޓޯ: ރައީސް އޮފީސް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރާ 4000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވައިލައްވައިފިއެވެ.

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު، “ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ފުލެޓުތަކުގެ މަސައްކަތް ބައްލަވައިލެއްވުމަށް ރައީސް ޒިޔާރަތްކުރެއްވީ މިއަދުގެ ވަގުތެއްގައެވެ.

އެ ޒިޔާރަތުގައި ރައީސްގެ އިތުރުން ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެފްޑީސީގެ ފަރާތުން މައުލޫމާތު ހިއްސާކުރެއްވުމުގައި އިސްކޮށް ހަރަކާތްތެރިވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ އެ ޒިޔާރަތުގައި އެ މަނިކުފާނަށް ވަނީ ފުލެޓުތަކުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައި ކަމަށެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ، 4،000 ފްލެޓުގެ ތެރެއިން މިހާތަނަށް އަދި ނިމިފައިވަނީ 1،000 ފްލެޓެވެ. ނަމަވެސް ހުރިހާ ފްލެޓެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަވާލުކުރާނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

ފުލެޓު ލިބޭ މީހުންގެ ލިސްޓެއް މިދިޔަ ސަރުކާރުން ނެރެފައިވާ އިރު، އެ ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ލަފަޔާއެކު މި ސަރުކާރުން ވަނީ އެ ލިސްޓު ރިވިއުކުރުމުގެ މަސައްކަތް ފަށައިފައެވެ. އެ މަސައްކަތް ނިންމައި، މި ސަރުކާރުން ނެރުނު ލިސްޓުގައިވާ ގޮތުން ޝަރުތު ހަމަވެފައިވަނީ 1820 މީހުންނެވެ.

ނަމަވެސް ފަހުން މި ސަރުކާރުން ނިންމީ ކުރީ ސަރުކާރުން ވެސް ނެރުނު ލިސްޓާ އެއްގޮތަށް ފުލެޓުތައް ދިނުމަށެވެ. ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ސަރުކާރުގެ އަމާޒަކީ ގައުމަށް ބޭނުންތެރި ހިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ ހެދުން: ރައީސް

Q

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ސަބަބުތައް ރައީސް ސާފުކޮށްދެއްވައިފި

IMG

ރައީސް މުއިއްޒަށް ހުށަހަޅަން ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް ތައްޔާރުކުރަނީ

Oo

ރައީސް މުއިއްޒު ގަލޮޅު އުތުރު ދާއިރާގެ ގެތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވައިފި