ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތަހުޤީގު ކުރުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނާނަން: ސީޕީ ނަވީން

cp naveen
TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ގޮންޖެހުން ޙައްލުކުރުމަށްޓަކައި، ތަޙްޤީޤުކުރުމުގެ އުސޫލުތަކަށް އިޞްލާޙު ގެނެވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ހާމަކުރައްވައިފިއެވެ. މި ވާހަކަ ކޮމިޝަނަރ ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

ކޮމިޝަނަރ ނަވީން ފާހަގަކުރެއްވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލައަކީ ދިގު މުއްދަތެއް ވަންދެން ޙައްލެއް ނުލިބި ދެމިގެންދާ ޤައުމީ މައްސަލައެކެވެ. މިއީ ކޮންމެ ސަރުކާރަކުންވެސް ޙައްލުކުރުމަށް މަސައްކަތްކުރާ އަދި ފުލުހުންވެސް އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ މައްސަލައެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިޞްލާޙުތަކާއެކު، މަސްތުވާތަކެތި ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އެޅޭނެ ކަމަށް ކޮމިޝަނަރ ނަވީން ވިދާޅުވިއެވެ. މީގެ ތެރޭގައި ފުލުހުންގެ ތަޙްޤީޤީ އުސޫލުތަކަށްވެސް ބަދަލުތަކެއް ގެނެވޭނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

HajjCop_ads
Advertisement

“އަޅުގަނޑުމެން ކުރިންވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ. އަދި ގިނަ އަދަދަކަށް މަސްތުވާތަކެތި ހޯދާފައިވެސްވާނެ. ނަމަވެސް، އަޅުގަނޑުމެންގެ ތަޙްޤީޤީ އުސޫލުތައް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން. މީގެ ތެރޭގައި ފައިސާ ހޯދާ ގޮތާއި، އެ ފައިސާ ބޭނުންކުރާ ގޮތް ފަދަ ކަންކަން ހިމެނޭނެ. މިހާރުވެސް މި މަސައްކަތް ކުރިއަށްދޭ. ފައިނޭންޝަލް އެނަލިސިސް ހެދުމަށް ބޭނުންވާ ތަޖުރިބާކާރުން ރާއްޖެއިން ބޭރުން ގެނައުމާއި، އަލުން ތަމްރީނުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދަނީ،” ކޮމިޝަނަރ ނަވީން ވިދާޅުވިއެވެ.

މަސްތުވާތަކެތި ހުއްޓުވުމަށްޓަކައި ކަމާގުޅުންހުރި އެންމެހައި މުއައްސަސާތައް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ކޮމިޝަނަރ ނަވީން ފާހަގަކުރެއްވިއެވެ. މި މަޤްޞަދު ޙާޞިލުކުރެވޭނީ މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑު މަދުކޮށް، ބޭނުންކުރާ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކުރާ މުދަލުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރާކަން ފާހަގަކުރައްވައި، މިކަން ހުއްޓުވުމަށް ސަރަޙައްދީ ޤައުމުތަކާއެކު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ކޮމިޝަނަރ ނަވީން ވިދާޅުވިއެވެ. މި ގޮތުން، އިންޑިއާ އަދި ސްރީލަންކާއާއެކު މިހާރުވެސް މަސައްކަތްތަކެއް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މެލޭޝިއާ އަދި ތައިލެންޑާއެކުވެސް މަޝްވަރާތައް ކުރެވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ހާމަކުރެއްވިއެވެ.

މި މަސައްކަތްތަކުގެ ސަބަބުން، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރު އެއްބާރުލުން ލިބި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ފުރުޞަތުތައް ހަނިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. މީގެ އިތުރުން، މި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ސަބަބުން މަޢުލޫމާތު ބަދަލުކުރުމާއި، ޓެކްނޮލޮޖީ އަދި ތަޖުރިބާ ހިއްސާކުރުމުގެ ފުރުޞަތު އިތުރުވެ، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ފުލުހުންގެ ތަޙްޤީޤީ އުސޫލުތަކަށް ބަދަލު ގެނައުމާއި، ކަމާގުޅޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، އަދި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ ބަސްފުޅުން ސާފުވެގެންދެއެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް ތަނުގައި ރާއްޖައި ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައަށް ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރެވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގޭންގު ހުއްޓުވުމުގެ ޤާނޫނުން ލިބިދޭ ބާރުތަކުގެ ނާޖާއިޒް ފައިދާ ނެގިޔަ ނުދޭނަން: ސީޕީ