ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދޮގު ބަޔާން ދިން މައްސަލައިގައި ދާއޫދު މަގާމުން ވަކިކޮށްފި

B 202506170815591750173359.2312
ދާއޫދު(ކ) އަދި އޭނާގެ ކޮއްކޮ ރައުދު(ވ) —

މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ދޮގު ބަޔާން ދިން މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު އެ މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔުމްނު ވެއްޓުނު މައްސަލައިގައި ދާއޫދު ދޮގު ބަޔާނެއް ދީފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ ދާއޫދު މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަހުމަދުގެ ބޭބެ، ދާއޫދު ރިޔާސީ ކޮމިޝަނަށް ދިން ބަޔާނާއި ފުލުހުންނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރި ކަމަށް ކޮމިޝަންގެ ރިފޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން އެއްވެސް މިނިސްޓަރަކަށް ގުޅާފައިނުވާނެ ކަމަށް ދާއޫދުގެ ބަޔާނުގައި ވިދާޅުވެފައިވީ ނަމަވެސް، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ދެއްވި ބަޔާނުގައި ދާއޫދު ގުޅައި މެސެޖުކުރެއްވި ކަމަށް ވިދާޅުވިއެވެ.

ކޮމިޝަނުން ވަނީ ރައުދުއެކޭ އެއްވަރަށް ޔުމްނުއަށް އެހީތެރިކަން ފޯރުކޮށްނުދިނުމުގެ އިހުމާލު ދާއޫދުގެ ވެސް އޮންނާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ސާޖަންޓް އާދަމް ހަލީމް މަރާލިކަން ސަމާހުގެ މައްޗަށް އަނެއްކާވެސް ސާބިތުވެއްޖެ

VVV

ހަނގުރާމައިގެ ގެއްލުމާ ކުރިމަތިވި ރިސޯޓްތަކަށް ބީއެމްއެލް މެދުވެރިކޮށް މާލީ އެހީ ދެނީ

WhatsApp Image 2026 03 29 at 18.59.14

ކުނބުރުދު އާއި މަހިބަދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް އެޗްޑީސީއާ ހަވާލުކޮށްފި

Iu

ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއާލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށައިފި