ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަރީމާތައް ހިންގުމުގައި ނަތަންޔާހޫވަނީ ހިޓްލަރަށް ވުރެންވެސް ކުރިއަރާގޮސްފައި: ތުރުކީގެ ރައީސް

ނަސްލުނައްތާލުމުގެ ޖަރީމާތައް ހިންގުމުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އުޅެނީ އަނިޔާވެރި ހިޓްލަރަށް ވުރެންވެސް ކުރީގައި ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުދުރުޣާން ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ އޭކޭ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރުން މުޚާތަބު ކުރައްވާ އުރުދުޣާން ވިދާޅުވީ، އަނިޔާވެރި ޖަރީމާތައް ހިންގުމުގައި ހިޓްލަރަށްވުރެންވެސް ނަތަންޔާހޫ ކުރިއަށް ގޮސްފައިވާތާ ކިތަންމެ ދުވަހެއް ކަމަށެވެ.

ތުރުކީގެ ރައީސް ވިދާޅުވީ، ޓެރަރިސްޓު އިސްރާއީލާ ދެކޮޅަށް އީރާނުން މިހާރު ދެމުންގެންދާ ހަމަލާތަކަކީ އީރާނުގެ ދިފާއުގައި ދެމުންގެންދާ ހަމަލާތަކެއް ކަމަށާއި، އެއީ އީރާނަށް ލިބިގެންވާ ޝަރުޢީ ހައްގެއް ކަމަށެވެ.

އިސްރާއީލުން ހިންގަމުންގެންދާ ޓެރަރިޒަމާ ދެކޮޅަށް އީރާނުން ދިފާއީ ފިޔަވަޅު އެޅުމަކީ ތަބީއީ ހައްގު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އުރުދުޣާންވަނީ، އީރާނަށާއި، ޣައްޒާއަށް އަދި ސަރަހައްދުގެ އެހެން ގައުމުތަކަށް އިސްރާއީލުން ހަމަލާތައް ދެމުންގެންދާ މައްސަލާގައި ނަތަންޔާހޫއާއި، އިސްރާއީލުގެ ވެރިން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.
އުރުދުޣާން ވިދާޅުވީ، ހިޓްލަރަށްވީގޮތް އިސްރާއީލުގެ ވެރިންނަށް ނުވާނޭކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަވަށްޓެރި އީރާނަށާއި، ޣައްޒާ، ސީރިއާ، ލުބުނާން އަދި ޔަމަނަށް އިސްރާއީލުން ދޭ ހަމަލާތައް ހުއްޓުވަން ކުރެވެންހުރި ހުރިހާކަމެއް ތުރުކީން ކުރަމުންގެންދާ ކަމަށް، އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީގެ ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އިސްރާއީލުން ހަމަލާދީ ގަތުލުކޮށް އޮހޮރުވަމުންދާ ލޭ އުނގުޅިފައިވަނީ ހަމައެކަނި އިސްރާއީލުގެ ވެރިންނާއި، އެމީހުންނަށް ތާއީދުކުރާ މީހުންގެ އަތްތަކުގައި އެކަނި ނޫން ކަމަށާއި، މި ޖަރީމާތަކަށް އެއްޗެއް ނުބުނެ ހިމޭނުން ތިބި މީހުންވެސް މި ޖަރީމާތަކުގެ ޒިންމާ އުފުލަން ޖެހޭނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތުރުކީއަށް ދިންކަމަށް ބުނާ ހަމަލާ ތަހްގީގުކުރަން ބޭނުން، ދޮގުތަކުގެ އަސަރު ގުޅުމަށް ކޮށްގެން ނުވާނެ: އީރާނުގެ ރައީސް

ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުގެ މިލްކަކަށް ހެދުން ރާއްޖެއިން ކުށްވެރިކޮށްފި

2023 12 30T161109Z 1296480007 RC2S75AAAB70 RTRMADP 3 ISRAEL PALESTINIANS GAZA

ޣައްޒާއަށް އަނެއްކާވެސް ވަރުގަދަ ޙަމާލާތަކެއް ދޭނެކަމަށް ބުނެފި

ތުރުކީއާއި ގަތަރުގެ ސިފައިންނަކަށް ޣައްޒާއަކަށް ނޭރޭނެ: ނަތަންޔާހޫ