ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޓީސީސީގެ ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފި

TTH_Ads
STO_Ads
Advertisement

2024ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

އެމްޓީސީސީއިން މިގޮތަށް ފާސްކޮށްފައިވަނީ ބަރސެލޯ ނަސަންދުރާގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ. އެމްޓީސީސީިއިން ހިއްސާގެ ފައިދާގެ ގޮތުގައި މިއަހަރު ބެހުމަށް ނިންމާފައިވަނީ 5.5 މިލިޔަން ރުފިޔާއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ 2024ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި މުޅި ޖުމްލަ 156 ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ. އެއީ އެމްޓީސީސީގެ ޖުމްލަ ހިއްސާދާރުންގެ 69.62 އިންސައްތައެވެ.

MMA_Ads
HajjCop_ads
Advertisement

ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާއިން، ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ %99.95 އިންސައްތައިގެ ވޯޓުންނެވެ. މިދިޔަ އަހަރު އެމްޓީސީސީއިން ހިއްސާއަކަށް ބަހާފައިވަނީ 3 ރުފިޔާއެވެ. އެހެންކަމުން މިއީ 1 ރުފިޔާ ދަށް އަދަދެކެވެ.

މި ޖަލްސާގައި 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން، ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ޕަރޓްނާސް ހަމަޖައްސާފައިވާއިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 510,300 ރުފިޔާ ދިނުމަށްވެސް މި ޖަލްސާގައި ވަނީ ނިންމާފައެވެ. ޑެލޮއިޓް ޕަރޓްނާސްއަކީ ފާއިތުވި އަހަރުތަކުގައިވެސް އެމްޓީސީސީގެ އެކްސްޓަރނަލް އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 44.8 މިލިޔަން ރުފިޔާ އެކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ 2023 ވަނަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު 96.6 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 53.6 އިންސައްތަ ދަށް އަދަދެކެވެ.

1981ވަނަ އަހަރުގެ ޑިސެމްބަރު މަހު އުފެދުނު އެމްޓީސީސީއަކީ، ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖްތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭގައި، އެމްޓީސީސީން ވަނީ ރާއްޖޭގެ އެންމެ ބޮޑު ސިވިލް އަދި މެރިން ކޮންޓްރެކްޓަރަށް ވެފައެވެ. އަދި އެއްގަމާއި ކަނޑުގެ މަގުން ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަށް އެކުންފުނިން ވަނީ ވެފައެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢު ނިންމުމާ ގާތަށް

Igmh

 ވީއައިއޭގެ މަގު މަރާމާތުކުރުމަށް ބަސް ރޫޓަށް ބަދަލުގެނެސްފި

ފިނޭގައި ތަރައްޤީކުރި ޕޮލިސް ސްޓޭޝަން ހުޅުވައިފި

H6txovzbmjojwefnjhdb

ބޮޑުތަކުރުފާނު މަގުގެ ބަންދުކޮށްފައިވާ ސަރަހައްދަށް ފެރީ ލެފޭނެ އިންތިޒާމު ހަމަޖައްސައިފި