ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައުމު ހަލާކުނުވެ، ސަލާމަތްކުރެވުނީ ރައީސް މުއިއްޒު ފަދަ ހުލްގުހެޔޮ ބޭފުޅެއް ވެރިކަމެއް ގެނައުމުން: ސަލީމް

20240730 233216 850x548
އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) —

ގައުމު ހަލާކުނުވެ، ސަލާމަތްކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ ހުލްގުހެޔޮ ބޭފުޅެއް ވެރިކަމެއް ގެނައުމުން ކަމަށް އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ އެމްޑީޕީގެ ފަސް އަހަރު ނިމިގެންދިޔަ އިރު، ހުރިހާ ކުންފުންޏެއް އޮތީ ބިލިއަނުން ދަރާފައި ކަމަށާއި ކުންފުނިތައް މެދުވެރިކޮށް އެތައް ވައްކަމެއް ކޮށްފައިވާ ކަމަށެވެ.

ޖަލްސާގެ ކުރިން އެއްވެސް ފަރާތަކަށް ރައްދުނުދިނުމަށް ރައީސް މުއިއްޒު އަންގަވާފައިވާ ކަމަށާއި އެކަމުން އެ މަނިކުފާނުގެ ހުލްގުހެޔޮފުޅުކަން އެނގިގެންދާ ކަމަށެވެ. އަދި މީގެ ކުރިން ގައުމު ހަލާކުވެގެންދިޔައީ ރައީސް މުއިއްޒު ފަދަ ހުލްގުހެޔޮ ބޭފުޅެއް ވެރިކަން ނުކުރެއްވުމުން ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ ބޮލުގައި އިލްޒާމުތަކެއް އެޅުވުމަށް ކިތަންމެ މަސައްކަތެއް ކުރިޔަސް، އެ މަނިކުފާނުގެ ބޮލުގައި އެފަދަ އިލްޒާމެއް އެޅުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

މީގެ ކުރީ ވެރިކަންތަކުގައި ވިޔަފާރިވެރިން އަތުން ފައިސާ ނަގައިގެން ސަރުކާރު މުވައްޒަފުންނަށް މުސާރަދެމުންދިޔަ ނަމަވެސް، އެފަދަ ކަމެއް ނުކޮށް މި ސަރުކާރަށް އުނދަގުލެއްނެތި މުސާރަދެވޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

457285 dee4c33b c

ޗައިނާ ކުންފުނީގެ ސައިޓަށް ވަޑައިގެން އެފޯޑަބަލް ހައުސިން މަޝްރޫއު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

WhatsApp Image 2026 03 22 at 16.33.43

މިނިސްޓަރު ޣައްސާން ދެއްވި ޔަގީންކަން: ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ އެންމެ އިންޗިއެއްވެސް ބަޔަކަށް ނުދޭނެ

DSC

ތެލުގެ އަގު ބޮޑު ނުކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި

98

އައްޑޫ އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވެންޓިލޭޓަރުގައި