ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތެލުގެ އަގު ބޮޑު ނުކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި

DSC

މެދުއިރުމަތީގެ ހަނގުރާމަ ކުރިއަށްދިޔަޔަސް ކުރިއަށްއޮތް ތަނުގައި ތެލުގެ އަގު ބޮޑުނުކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކުރިއަށްއޮތްތަނުގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

“ތެލަށް ބަލާލާއިރުގައި އަޅުގަނޑުމެންގެ އަތުގައި ސްޓޮކް ހުރޭ، އެންމެފަހުން އެސްޓީއޯގެ ދެ ވެސަލް، އަލިމަސްއާއި ނިއޯންއާ މިހާރު ވަދެ ޑިސްޗާޖްކޮށް އެ ނިމުނީ، އެއާ އެއްކޮށް އޭޕްރީލް ފެށޭއިރު ދޭއް ތިނެއް ހިސާބުގައި އަންނާނެ ސިންގަޕޫރުން ބަރުކޮށްގެން އަންނަ ވެސަލްއެއް އޭގަވެސް ޑީސަލާ ޕެޓްރޯލާ ހުންނާނެ އެއާ އެއްކޮށް ހަތަރެއް ނޫނީ ފަހެއް، ހިސާބުގައި އޮމާންގެ ސޮހާރުން އަނެއްކާވެސް ބަރުކޮށްގެން އަންނަ އަޅުގަނޑުމެންގެ ސްޕޮޓުން ހަޔާކޮށްފަ އޮންނަ ވެސަލްއެއް އެބަ އާދޭ އެހެންވީމަ ދުވަހުންދުވަަހަށް ބޭނުންވާނެ ތެޔޮ އެބަހުރި،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތެލުގެ އަގު ބޮޑުވުމަކީ ބައެއް ސިނާއަތްތަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެކަށިގެންވާ ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެ

Igmh

ޑެންގީ ހުން ޖެހިގެން 23 އަހަރުގެ ޒުވާނަކަށް އައިސީޔޫގައި ފަރުވާދެނީ

988

ހުރާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއް އަނދައި، 15 މީހުން ހާލުގައި ޖެހިއްޖެ

ރަސްފަންނުގައި “ބްރޭކްވޯޓާ ރީޕްރޮފައިލް” މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި