ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖެމްކިއު އަކީ ސްކޭމެއް: ފުލުހުން

police
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޖީއެމްސީއީ ނުވަތަ ޖެމްކިއު އަކީ ސްކޭމެއް ކަމަށްބުނެ އޭގައި އިންވެސްޓް ނުކުރުމަށް ފުލުހުންގެ އިދާރާއާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން އިލްތިމާސްކޮށްފިއެވެ.

ސީއެމްޑީއޭއާ ފުލުހުން ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގަމުން ގެންދާ އިންވެސްޓްމަންޓް ސްކީމަކީ އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އިންޓަރނެޓް މެދުވެރިކޮށް ހިންގާ އޮންލައިން ޕްލެޓްފޯމެއް ކަމަށާއި މި ޕްލެޓްފޯމުގައި ބައިވެރިވާ ފަރާތްތަކަށް ޔޫއެސްޓީޑީ ނަމަކަށް ކިޔާ ޑިޖިޓަލް ފައިސާ (ކްރިޕްޓޯކަރަންސީ) ބޭނުންކޮށްގެން އިންވެސްޓްކުރެވޭ ކަމަށެވެ.

އަދި އިންވެސްޓަރުންނަށް ކޮންމެ ދުވަހަކު، އެ ފަރާތެއްގެ އިންވެސްޓްމަންޓް ދަރަޖަ (ޓިއަރ ލެވެލް) އަށް ބިނާކޮށް ޕްލެޓްފޯމުގައިވާ ވަކި ބަޓަނަކަށް ފިތާލުމުން، އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ އެހީގައި ކްރިޕްޓޯ ގްރިޑް ޓްރޭޑިންގ ކުރާކަމަށް ދައްކުވައިދޭކަމަށާއި މި ސްކީމުގައި އިންވެސްޓްކުރާ އެންމެ ދަށް އިންވެސްޓްމަންޓްގެ 2.5 އިންސައްތައިގެ ފައިދާ (ރިޓާން އޮން އިންވެސްޓްމަންޓް) ލިބޭކަމަށް ދައްކުވައިދޭކަމަށް ފުލުހުން ބުނެއެވެ.

HajjCop_ads
Advertisement

ގާނޫނު ނަންބަރު 02/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު، އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަންވާނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީކޮށްގެން ހުއްދަނަގައިގެން ކަމަށް ބުނެފައިވީނަމަވެސް އެ ސްކީމް ހިންގަނީ އެފަދަ ހުއްދައެއް ނަގައިގެން ނޫންކަމަށް ފުލުހުންވަނީ ބުނެފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާދެނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ހުޅުމާލެ ޓްރެފިކް ފުލުހުން “ސައިލެންޓް ޑްރިލް” އެއް ބާއްވައިފި

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި