ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްކޭމްތަކާ ދެކޮޅަށް ހިންގި ބައިނަލްއަގުވާމީ އޮޕަރޭޝަނެއްގައި އެންމެ ގިނަ ފައިސާ އަނބުރާ ހޯދީ ރާއްޖެއިން

Police vcle
ފުލުހުންގެ ވެހިކަލެއް — ފޮޓޯ: ޕޮލިސް
STO_Ads
Maldivian_Ads
TTH_Ads
Advertisement

ބައިނަލްއަގުވާމީ ފެންވަރުގައި ހިންގުނު ސްކޭމް މަނާކުރުމުގެ އޮޕަރޭޝަނެއްގައި ދިވެހިރާއްޖެއިން ވަނީ އެންމެ ގިނަ ފައިސާ އަނބުރާ ހޯދުމުގެ ރެކޯޑު ހާސިލުކޮށްފައެވެ.

ފްރޮންޓިއާ ޕްލަސް އޮޕަރޭޝަންގެ މުއްދަތުގައި ރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓްކުރި އިރު ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 640,000ރ. ރުފިޔާ އަނބުރާވަނީ ހޯދިފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި، ބައިނަލްއަގުވާމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ހިންގުނު ފްރޮންޓިއާ ޕްލަސް އޮޕަރޭޝަންގައި ދިވެހި ފުލުހުން ބައިވެރިވެ، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. މި އޮޕަރޭޝަނަކީ ގިނަ ޤައުމުތަކެއްގެ އެންޓި-ސްކޭމް މަރުކަޒުތައް ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

HajjCop_ads
Advertisement

2023 ވަނަ އަހަރުގެ އޭޕްރީލް 28 އިން މޭ 28 އަށް ކުރިއަށް ގެންދެވުނު މި އޮޕަރޭޝަންގައި ހަތް ޤައުމަކުން ބައިވެރިވެފައިވެއެވެ. މި އޮޕަރޭޝަންގައި ޖުމްލަ 2،700 އަށް ވުރެ ގިނަ ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

ފުލުހުންގެ މަޢުލޫމާތު ދެއްވާ ގޮތުގައި، ފްރޮންޓިއާ ޕްލަސް ނެޓްވޯކަކީ ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑްގެ އިސްނެގުމުގެ ދަށުން އުފެދިފައިވާ ވިއުގައެކެވެ. މި ވަގުތު އެ ވިއުގައިގައި ދިވެހިރާއްޖޭގެ އިތުރުން ސިންގަިންގަޕޫރު، އޮސްޓްރޭލިއާ، ކެނެޑާ، ހޮންކޮންގް، ތައިލެންޑް، ކޮރެއާ، މެލޭޝިއާ، އިންޑޮނޭޝިއާ އަދި މަކާއޯ ހިމެނެއެވެ.

މި ވިއުގައިގެ މަޤްޞަދަކީ އޮޅުވާލައިގެން ހިންގާ މާލީ މުޢާމަލާތްތަކާ ދެކޮޅަށް ޤައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމާއި، އިންޓެލިޖެންސް ހިއްސާކުރުމާއި، ސްކޭމް ހުއްޓުވުމާއި، އަދި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަޤްވާމީ އޮނިގަނޑެއް ޤާއިމުކުރުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާދެނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ހުޅުމާލެ ޓްރެފިކް ފުލުހުން “ސައިލެންޓް ޑްރިލް” އެއް ބާއްވައިފި

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި