ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިމްރާން މައާފަށް އެދެންޖެހޭ: މުހުތާޒް

މމު

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އަވަހާރަކޮށްލީ ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަ އަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒް މުހުސިން ރައްދު ދެއްވައި، އޭނަ މައާފަށް ވެސް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވިދާޅުވެއްޖެއެވެ.

ކުރީގެ ހޯމް މިނިސްޓަރު އިމްރާން މިއަދު އެކްސްގައި ވިދާޅުވީ ޑރ. ބާރީގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާ ދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބަށް އަތުވެއްޖެ ކަމަށާއި ބަޔަކު ޑރ. ބާރީ ޝަހީދުކޮށްލީ ކަމަށެވެ.

އެ ވާހަކައިގެ ރައްދުގައި މުހްތާޒް ފޭސްބުކްގައި ވިދާޅުވީ ޑރ. ބާރީ އަކީ ދުނިޔޭގައި ހުންނެވި އިރު ވެސް އެފަދަ ފިތުނައަށް ޖާގަދެއްވި ބޭފުޅެއް ނޫން ކަމަށާއި މި ބާވަތުގެ ވާހަކަ ފަތުރާނީ ސިޔާސީ ގޮތުން ހައްދުފަހަނައެޅި މީހުން ކަމަށެވެ.

“ތިޔަ ވާހަކަ ދެއްކެވި ބޭފުޅަކު މާފަށް އެދެން ވެސް ޖެހޭނެ،” އެ އާއިލާ ސިޔާސީ މުޑުދާރުންގެ ޝިކާރައަކަށްވުމަށް ފުރުސަތު ނުދެވޭނެ،” މުހްތާޒް ވިދާޅުވިއެވެ.

“ތިޔަ ވާހަކަ ދެއްކެވި ބޭފުޅާ އެތަކެއް ރައްޔިތުންގެ ކުރިމަތީ ކަރުދާސްތަކެއް ދައްކަވަމުން މަރުހޫމް ޑރ. އަފްރަޝީމްގެ ގާތިލުންނާ ބެހޭ ހެކި މިހިރީ ކަމަށް ވެސް ވިދާޅުވި.”

އޭނަ ވިދާޅުވީ އިމްރާން ހޯމް މިނިސްޓަރުކަމުގެ ދައުރެއް ވެސް ފުރިހަމަކުއް އިރު އެ ހެކި ވެސް ވެގެން ދިޔައީ މިހާރު ތިޔަ ފަތުރާ ފަދަ ފިތުނައަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ސާޖަންޓް އާދަމް ހަލީމް މަރާލިކަން ސަމާހުގެ މައްޗަށް އަނެއްކާވެސް ސާބިތުވެއްޖެ

VVV

ހަނގުރާމައިގެ ގެއްލުމާ ކުރިމަތިވި ރިސޯޓްތަކަށް ބީއެމްއެލް މެދުވެރިކޮށް މާލީ އެހީ ދެނީ

WhatsApp Image 2026 03 29 at 18.59.14

ކުނބުރުދު އާއި މަހިބަދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް އެޗްޑީސީއާ ހަވާލުކޮށްފި

Iu

ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއާލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށައިފި