ކުއްލި ޚަބަރު

ޚިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

ރާއްޖެއިން ބައިވެރިވި އދ. ގެ ތިންވަނަ އޯޝަން ކޮންފަރެންސް ނިންމާލައިފި

98b

ދިވެހިރާއްޖެއިން ބައިވެރިވި އދ. ގެ ތިންވަނަ އޯޝަންސް ކޮންފަރެންސް ނިންމާލައިފިއެވެ. މި ކޮންފަރެންސް ބޭއްވުނީ ޖޫން 9 އިން 13 އަށް ފަރަންސޭސިވިލާތުގެ ނީސްގައެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓުން ހާމަކުރިގޮތުގައި، މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ކަނޑުގެ މާޙައުލާއި ދިރޭތަކެތީގެ ނަސްލުތައް ޙިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމެވެ.

ކޮންފަރެންސްގެ ރަސްމީ ބައި ކުރިއަށް ގެންދެވުނީ 10 އެކްޝަން ޕެނަލްއަކަށް ބަހާލައިގެންނެވެ. މި ޕެނަލްތަކުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ރާއްޖެއިން އިސްކަންދޭ ކަންކަމާއި، ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް، އެކަންކަމާ ގުޅިގެން ވަކާލާތުކޮށްފައިވެއެވެ.

ކޮންފަރެންސްގެ ތެރޭގައި، މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ ގުޅިގެން ނޭޝަނަލް ސައިޑް އިވެންޓެއް ބާއްވާފައިވެއެވެ. މި އިވެންޓުގައި ދެމެހެއްޓެނިވި މަސްވެރިކަމާއި، ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އަލިއަޅުވާލާފައިވެއެވެ. މިނިސްޓްރީން ފާހަގަކުރިގޮތުގައި މި އިވެންޓަށް ވަރަށް ބޮޑު ތަރުޙީބެއް ލިބި، ރާއްޖޭގެ ތަޖުރިބާއާއި ގޮންޖެހުންތައް ހިއްސާކުރުމުގެ ފުރުޞަތު ލިބިފައިވެއެވެ.

މީގެއިތުރުން، ކޮންފަރެންސްގެ ތެރޭގައި އެކި ޤައުމުތަކުގެ ވަފުދުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ބައްދަލުކޮށް، ތިމާވެށީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފައިވެއެވެ. ޚާއްޞަކޮށް، މީހުން ބިނާކުރުމާއި ފަންނީ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މަސައްކަތްތައް ކުރުމަށް ރޭވިފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކޮންފަރެންސްގެ ތެރޭގައި އިތުރު 18 ޤައުމަކުން ބީ.ބީ.އެން.ޖޭ އެގްރީމަންޓް ތަޞްދީޤުކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއާއެކު، ޖުމްލަ 50 ޤައުމުން މި އެގްރީމަންޓް ތަޞްދީޤުކޮށްފައިވެއެވެ. މި އެގްރީމަންޓަކީ މާކަނޑުގެ މާޙައުލާއި ދިރުންތައް ޙިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ޤާއިމުކޮށްފައިވާ އެއްބަސްވުމެކެވެ. ޖުމްލަ 60 ޤައުމުން މި އެގްރީމަންޓް ތަޞްދީޤުކުރުމުން މި މުޢާހަދާއަށް ޢަމަލުކުރަން ފަށާނެއެވެ.

ދިވެހިރާއްޖެއަކީ މި އެގްރީމަންޓް ތަޞްދީޤުކުރި ފުރަތަމަ 10 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެހެންކަމުން، އިތުރު ޤައުމުތަކުން މި އެގްރީމަންޓް ތަޞްދީޤުކުރުމަށް ރާއްޖެއިން މި ކޮންފަރެންސްގެ ތެރޭގައި ވަކާލާތުކޮށްފައިވާކަމަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

މި ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ ކަނޑުގެ މާޙައުލު ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ރާއްޖެއިން ދޭ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ. އަދި މިފަދަ ބައިނަލްއަޤްވާމީ މަންޗެއްގައި ރާއްޖޭގެ އަޑު އިއްވައި، ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ސަމާލުކަން ގެނައުމުގެ އަގުހުރި ފުރުޞަތެއް ކަމުގައިވެސް ބެލެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސް އދ.ގެ 10 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ޚިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

މަންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ކުނބުރުދޫގައި ތަރައްގީކުރި ފުޓްބޯޅަ ދަނޑާއި މަލްޓި ސްޕޯޓްސް ކޯޓު ހުޅުވައިފި

TTH_advertisement