ރަމަޟާން މަހާ ގުޅިގެން އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ކުރިއަށްގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ 100،000 ރުފިޔާގެ އިނާމުގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަ މާޓުގައި އިއްޔެ ބޭއްވި ހަފުލާއެއްގައި ނަސީބުވެރިޔާއަށް ވަނީ އިނާމު ހަވާލުކޮށްފައެވެ.
އެ އިނާމަކީ ރަމަޟާން ބާޒާރު ޕްރޮމޯޝަން މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރިކުރި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުން ހޮވުނު ނަސީބުވެރި ފަރާތަށް ދެވުނު 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
ޖެނުއަރީ 9 އިން މާޗް 30 ގެ ނިޔަލަށް މާލެއާއި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުގައި ކުރިއަށްދިޔަ އެ ޕްރޮމޯޝަންގައި އެނޫންވެސް ތަފާތު ގިނަ އިނާމުތަކަކާއި ޑިސްކައުންޓްތަކެއްގައި ކަސްޓަމަރުން ވިޔަފާރިކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ. އެގޮތުން ކޮންމެ ހަފުތާއަކު ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ހޮވުނު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިޕްޓް ހެމްޕަރުތައްވެސް ވަނީ ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު