ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލޭ ހަދިޔާކުރާމީހުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހިނގާލުމެއް ބާއްވައިފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ލޭހަދިޔާކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ހުޅުމާލޭގައި ހިނގާލުމެއް ބާއްވައިފިއެވެ.

ހުޅުމާލޭ ފޭސް 2 ގައި ކުރިއަށްދިޔަ މިހިނގާލުމަކީ މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްނެގުމާއެކު، ޞިއްޙީ ވުޒާރާއާއި މާލެ ސަރަޙައްދުގެ ހުރިހާ ހޮސްޕިޓަލްތަކާއި، އެހެނިހެން ޖަމްޢިއްޔާތަކުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ހިނގާލުމެކެވެ.

މިހިނގާލުމުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހިމް ބައިވެރިވެވަަޑައިގެންނެވިއެވެ.

HajjCop_ads
Advertisement

ގިނަބަޔަކު ބައިވެރިވި މިހިނގާލުމުގައި ލޭ ހަދިޔާކުރާމީހުންގެ އަގުވަޒަންކުރުމުގެ ގޮތުން ވަނީ ބެނަރތަކާއި ބޯޑުތައް ހިފައިގެން ޝުޢޫރު ފާޅުކޮށްފައެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މިހިނގާލުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަަށް މަޢުލޫމާތުދެއްވަމުން ހުޅުމާލެ ހޮސްޕިޓަލްގެ ހެޑް އޮފް ލެބޯރެޓަރީ ފާތިމަތު ސައުސަން ވިދާޅުވީ، މިފަދަ ހިނގާލުމެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ ލޭ ހަދިޔާކުރާ މީހުންގެ އަގު ވަޒަންކުރުންކަމަށެވެ.

“މިފަދަ ހިނގާލުމެއްގެ އެންމެ މުހިންމު އެއް މަޤްސަދަކީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ އެމީހުންގެ އަގު ވަޒަންކޮށް، އިތުރަށް ވޮލެންޓިއަރކޮށް ލޭ ހަދިޔާކުރާނެ މީހުންގެ އަދަދު އިތުރުކުރުން”. ހުޅުމާލެ ހޮސްޕިޓަލްގެ ހެޑް އޮފް ލެބޯރެޓަރީ ފާތިމަތު ސައުސަން ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ޖޫންމަހުގެ 14 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ، “ގިވް ބްލަޑް، ގިވް ހޯޕް، ޓުގެދާ ވީ ސޭވް ލައިވްސް” މިއެވެ.

ވޯލްޑް ބްލަޑް ޑޯނާރ ޑޭ ނުވަތަ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހަކީ ލޭހަދިޔާ ކުރުމުގެ މުހިންމުކަމާއި، މިއިން ލިބޭ ފައިދާ އަދި ރައްކާތެރި ގޮތުގައި ލޭ ހަދިޔާކުރުމާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. މީގެއިތުރުން ލޭ ހަދިޔާ ކުރާ މީހުންގެ އަގުވަޒަން ކުރުމަކީވެސް މިދުވަސް ފާހަގަކުރުމުގެ ބޭނުމެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

nspa

ފަގީރު ހާލަތުގައި އެކަނި ދަރިން ބަލާ މީހުންނަށް މިދިޔަ މަހު 17.7 މިލިޔަން ރުފިޔާ ދޫކުރި: އެންސްޕާ

ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކަށް ޔަހޫދީ ސިފައިން ވަދެ 20 މީހަކު ހައްޔަރުކޮށްފި

ބަންގްލަދޭޝްގެ ތާރީޚުގައި ވެސް މިހާތަނަށް ފެނިފައިނުވާ މިންވަރަށް ހިމަބިހި ފެތުރެނީ

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުން ދަތުގެ ފަރުވާތަކަށް ޚާއްޞަ ޕްރޮމޯޝަނެއް ބާއްވަނީ