ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައުދު ބޭރަށް ފުރިކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި

STO_Ads
TTH_Ads

އޭޕްރީލް 18، 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ދަޢުވާ އުުފުލާފައިވާ ރައުދު އަޙްމަދު ޛިލާލް ބޭރަށް ފުރި ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ރައުދު ބޭރަށް ފުރި ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި އޭނާ ފުރުން މަނާކޮށް ނެރުނު އަމުުރު ދެމި އެބަ އޮތް ކަމަށެވެ.

ރައުދުއާ އޭނާގެ އާއިލާ ފުރައިފި ކަމަށް ބުނެ ފޮޓޯއެއް މިއަދު އާންމުވި އެވެ.

HajjCop_ads

އޭނާގެ މައްޗަށް މިހާރު ވަނީ ދަޢުވާވެސް އުފުލާފަ އެވެ. ރައުދުގެ މައްޗަށް ދަޢުވާ ކުރަނީ މިއަހަރުގެ އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހު 04:54 ހާއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން (ކުޑަދޮރަކުން) ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ އެވެ.

ރައުދުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާއެވެ.

ރައުދުގެ މައްޗަށް ކުރި ދަޢުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުގައި 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8u

ޑްރަގްގެ މައްސަލައެއްގައި މަޑުއްވަރީން މީހަކު ހައްޔަރުކޮށްފި

Police vcle

އޭޕްރީލުމަހު އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި

މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން ދެމީހުން ހައްޔަރުކޮށްފި