ކުއްލި ޚަބަރު

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރެހެންދި ސްކޫލުގައި ހަރަކާތްތެރިވަނީ

މާދަމާރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރާނެ

ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދާ މީހާގެ ފޯނު ހިފަހައްޓާ މައްސަލަ ބަލަނީ

Police vcle
ފުލުހުންގެ ވެހިކަލެއް — ފޮޓޯ: ޕޮލިސް

ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން އަންހެނެއްގެ ސިފަ ޖެހިގެން ވީޑިއޯ ހަދާ މީހާގެ ފޯނު ހިފަހައްޓާ މައްސަލަ ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ޔާޔާ ނަބީލުގެ ނަމުގައި ޓިކްޓޮކް އެކައުންޓެއް ހަދައިގެން ދިވެހި ފިރިހެނަކު ދަނީ އަންހެން ހެދުން އަޅައި އަންހެނެއްގެ ސިފަ ޖެހިގެން ވީޑިއޯ ހަދާ ލައިވްތައް ވެސް ކުރަމުންނެވެ. އެއީ ކުރީން ވެސް އެކަން ކޮށްގެން ހައްޔަރުކޮށް ޖަލުގައި ބަންދުކުރި މީހެކެވެ.

އެ މީހާ އަނެއްކާ ވެސް ގެންދަނީ ޓިކްޓޮކް ގައި އަންހެން ހެދުން އަޅައިގެން ވީޑިއޯތައް ހަދަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ ކޯޓް އަމުރެއްގެ ދަށުން އެ މީހާ ދިރިއުޅޭގެ ފުލުހުން ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ގެއިން ލެޕްޓޮޕަކާއި ފޯނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

419343 4ae86ad9 3

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

Original 1757223274145

ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރެހެންދި ސްކޫލުގައި ހަރަކާތްތެރިވަނީ

66

ތިނަދޫ ރޯ ހައުސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

TTH_advertisement ELL Mobile Advertisement