ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

Majlis
MAJLIS
STO_Ads
TTH_Ads
Advertisement

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ޖޭއެސްސީއަށް އާއްމުންގެ ތެރެއިން ކަނޑައަޅާ މެންބަރުގެ މަޤާމަށް މިއަދުން ފެށިގެން ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމުގައި މިހާރު ހުންނެވި ޑރ. އައިމިނަތު އުއްމުކުލްސޫމްގެ ދައުރު އަންނަ އޮގަސްޓް މަހު ހަމަވާތީ އެވެ.

HajjCop_ads
Advertisement

އެ މަޤާމަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ވެފައިވުމުގެ އިތުރުން އިސްލާމްދީނުގައެއްވެސް ހައްދެއް ކަނޑައަޅާފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމެވެ.

އަދި ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމާއި ސިޔާސީ ޕާޓީއެެއްގެ މެންބަރެއް ކަމުގައި ނުވަތަ، ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުމުގެ އިތުރުން ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައި ވުމެވެ.

މި މަޤާމަށް ކުރިމަތިލާން އެދޭ މީހުން ޖުލައި ތިންވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8u

ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ތިން ބޭފުޅަކު އައްޔަންކުރަން ޖޭއެސްސީން ނިންމައިފި

Qw

އިދިކޮޅު އެމްޑީޕީގެ ޒާތީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ބޮޑެތި އިންވެސްޓްމަންޓްތައް ގެއްލޭ ކަމަށް މެންބަރު ޠާރިޤް ވިދާޅުވެއްޖެ

90

ވަކި ސަބަބަކާ ނުލައި އިސްފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ބާރު ޖޭއެސްސީއަށް ދީފި

88887

ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑުކޮށްފި