ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ތިން ބޭފުޅުންގެ ވެސް ޝަރުތު ހަމަވާ ކަމަށް ޕޮލިސް ބޯޑުން ނިންމައިފި

STO_Ads
TTH_Ads

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ވެސް ޝަރުތު ހަމަވާ ކަމަށް ޕޮލިސް ބޯޑުން ނިންމައިފިއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވުމުން، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެެއްވި ތިން ބޭފުޅުންނަކީ ވަގުތީގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު އަދާކުރައްވާ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީނާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީގެ އިތުރުން ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު ޝަމީމެވެ.

“މުޅިރާއްޖެ” އަށް އެނގިފައިވާ ގޮތުގައި އެ ތިން ބޭފުޅުންނާ ވެސް އިންޓަވިއުކޮށް، ނިންމުމަށްފަހު ޕޮލިސް ބޯޑުން ނިންމީ ތިން ބޭފުޅުންގެ ވެސް ޝަރުތު ހަމަވާ ކަމަށެވެ.

HajjCop_ads

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ވެސް ޝަރުތު ހަމަވާ ކަމަށް ޕޮލިސް ބޯޑުން ނިންމުމުން، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ ލަފާގެ މަތިން އެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭފުޅަކު އައްޔަންކުރައްވާނެއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު މިއަހަރުގެ އޭޕްރީލް މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވައި، ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8u

ޑްރަގްގެ މައްސަލައެއްގައި މަޑުއްވަރީން މީހަކު ހައްޔަރުކޮށްފި

Police vcle

އޭޕްރީލުމަހު އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި

މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން ދެމީހުން ހައްޔަރުކޮށްފި