ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ހިޔަލަ”ގެ ލަވައެއް ދެއްކި މައްސަލައިގައި ޕީއެސްއެމްއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަނީ

hiyala
“ހިޔަލަ” ގްރޫޕުގެ އީދު ލަވަ. “ބޯމަތިވަނީ”ގެ ސްކްރީންޝޮޓެއް —

ނަށާ ގްރޫޕު، “ހިޔަލަ”ގެ ލަވައެއް ހުއްދަ ނުހޯދައި ދެއްކި މައްސަލައިގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގްރޫޕުން ނިންމައިފިއެވެ.

އަޟްހާ އީދަށް ހާއްސަކޮށްގެން ޕީއެސްއެމްގެ ޝޯއެއްގައި ވަނީ ހިޔަލަ ގްރޫޕުގެ އީދު ލަވަ، “ބޯމަތިވަނީ” ގެނެސްދީފައެވެ. އެ ލަވަ ގެނެސްދެމުން ޕްރެޒެންޓަރު ބުނެފައިވަނީ އެއީ ޕީއެސްއެމްއަށް ލިބުނު ހަދިޔާއެއް ކަމަށެވެ.

އެކަމާ ގުޅިގެން ހިޔަލަ އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ގްރޫޕުގެ “ބޯމަތިވަނީ” ލަވަ ގެނެސްފައިވަނީ ހުއްދަ ހޯދުމެއް ނެތި ކަމަށާއި ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) ނުވަތަ އެހެން އެއްވެސް ޗެނަލަކުން އެކަމަށް ހުއްދަ ހޯދާފައިނުވާ ކަމަށެވެ. އަދި ހުއްދަ ނުހޯދައި އެ ލަވަ ދެއްކުމަކީ އެ ގްރޫޕުގެ ހައްގުތައް ނިގުޅައިގަތުން ކަމަށް ދެކޭ ކަމަށް ހިޔަލަ އިން ބުންޏެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކި، ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހިޔަލަ އިން ބުންޏެވެ.

އެ މައްސަލައިގައި މިހާތަނަށް ޕީއެސްއެމްގެ ބަހެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

TV bulding PSM

ފެންނަ ނުފެންނަ ވޯޓުގެ ޕްރޮގްރާމްތަކުގައި ސިޔާސީ ޕާޓީތަކަށް ފުރުސަތު ނުދެން: ޕީއެސްއެމް

Maldivian

މާދަމާ ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވެއްޖެ

ނިމުނު 52 ހަފުތާ 2025 ފޮތް ނެރެފި

ޕީއެސްއެމްގެ ޗެނަލްތައް އެންޑްރޮއިޑް ޓީވީތަކުން ބަލާލެވޭ އެޕެއް ތަޢާރަފްކޮށްފި