ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު 50 ކައުންސިލެއްގެ އިމާރާތް އަޅަން ތައްޔާރުވަނީ

ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު، ރާއްޖޭގެ 50 ރަށެއްގައި ކައުންސިލް އިދާރާތައް އިމާރާތްކުރުމުގެ މަޝްރޫޢުގެ ފީސިބިލިޓީ ދިރާސާ ހެދުމަށްޓަކައި، ޗައިނާގެ ޓީމެއް އަންނަ މަހު ރާއްޖެ ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ގޮތުން، 50 އައު ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަޝްރޫޢަކީ މި އަމާޒު ހާސިލުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ފީސިބިލިޓީ ދިރާސާ ހެދުމަށް ޗައިނާގެ ޓީމެއް އަންނަ މަހު ރާއްޖެ ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢުގެ ލެޓަރ އޮފް އެކްސްޗޭންޖްގައި ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މިދިޔަ މަހުގެ ފަހުކޮޅު ވަނީ ސޮއިކުރެވިފައެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ އަދި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކައުންސިލް އިދާރާތަކުގެ މައްސަލަ ހައްލުކުރުމަށް، ޒަމާނީ ފެންވަރުގެ އައު އޮފީސް އިމާރާތްތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr muthalib

އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހިންގަނީ އަލަށް ގެ ގަންނަން ބޭނުންވާ ފަރާތްތަކަށް އެމަގު ފަހިކޮށްދިނުމަށް

minister adam shareef

ކައުންސިލަކީ ރަށެއްގެ އެންމެ އިސް މުއައްސަސާކަން ބަލައިގަންނަން ޖެހޭ: މިނިސްޓަރ

Jumahooree maidhaan

މަރާމާތުގެ ބޮޑުބައެއް ނިންމުމަށްފަހު ވަގުތީގޮތުން ޖުމްހޫރީ މައިދާން ހުޅުވާލައިފި

ޗައިނާގެ އައު އަހަރުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި