ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

މައްސަލަ ހައްލުކޮށް، ފުނަދޫ އެއާޕޯޓުން ހިދުމަތް ދޭން ފަށައިފި

މިއަދު ފުނަދޫ އެއާޕޯޓުގެ ފަޔާ ޓްރަކަށް ދިމާވި މައްސަލަ ހައްލުކޮށް އެއާޕޯޓުގެ ހިދުމަތްތައް އަލުން ފަށާފައިވާކަމަށް އެ އެއާޕޯޓު އޮޕަރޭޓުކުރާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް)އިން ބުނެފިއެވެ.

މިއަދު ފަޔާ ޓްރަކަށް ދިމާވި މައްސަލައާ ގުޅިގެން ވަގުތީ ގޮތުން އެއާޕޯޓުގެ ހިދުމަތް މެދުކަނޑައިލަންޖެހުމުން ފުނަދޫއަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން މިއަދު ކުރަން އޮތް ދަތުރު ނ.މާފަރަށް ބަދަލުކޮށްފައިވެއެވެ.

އާރްސީއެލްއިން މިއަދު ބުނެފައިވަނީ އައު މެނޭޖުމެންޓު ކުންފުނީގެ ހިންގުމާ ހަވާލުވިއިރުވެސް އެ ކުންފުނިން ބަލަހައްޓަމުން އައި ހުރިހާ އެއާޕޯޓެއްގައި ހުރި ވެހިކަލްތަކަކީ ބާވެ ދުވަސްވެފައި ހުރި ތަކެތި ކަމަށެވެ. އަދި އެއާޕޯޓުތަކަށް ޒަމާނީ އައު ވެހިކަލް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައިވެސް ފުނަދޫ އެއާޕޯޓުގެ ފަޔާ ޓްރަކް ހަލާކުވެގެން ހިދުމަތްތައް މެދެކަނޑައިލާ މޯލްޑިވިއަންގެ ދަތުރުތަކެއް ކެންސަލް ކުރަންޖެހުނެވެ.

އާރްސީއެލްއިންވަނީ މިފަދައިން ހިދުމަތް މެދުކަނޑައިލަންޖެހުމާ ގުޅިގެން ފަސިންޖަރުންނށް ދަތިތަކާއި ތުރާތައް ކުރިމަތިވާތީ މައާފަށް އެދިފައެވެ. އަދި އެކުންފުނީގެ ބެލުމުގެ ދަށުގައި ހުރި އެއާޕޯޓުތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވެއެވެ.

ހިދުމަތް މެދުކަނޑައިލުމަށްފަހު އަލުން އެއާޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުނު ނަމަވެސް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އަލުން ފަށާނީ ކޮންއިރަކު ކަމެއް މިހާތަނަށް މޯލްޑިވިއަންއިން އިއުލާނުނުކުރެއެވެ.

2020 ވަނަ އަހަރު ހުޅުވި ފުނަދޫ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގއި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެއެވެ. އަދި 90 މީޓަރުގެ ޓެކްސީވޭއެއް އަދި 150 މީޓަރު ދިގު 50 މީޓަރު ފުޅާ އޭޕްރަނެއްވެސް އެއާޕޯތުގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިއަހަރު ނިމުމުގެ ކުރިން ފުނަދޫ އެއާޕޯޓުގައި ރޭގަނޑު ދަތުރުތައް ފެށޭނެ: ރައީސް

Whatsapp image 2025 10 15 at 22.38.56

ފުނަދޫގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Mal

އުތުރުގެ މަސްވެރިންނަށް އުފާވެރިކަން، ފުނަދޫގައި 30 ޓަނުގެ އައިސް ޕްލާންޓެއް ހުޅުވައިފި

ފުނަދޫ އިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

TTH_advertisement