ކުއްލި ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލަައިގެންފި

ޕޮލިސް ކޮމިޝަނަރގެ މަގާމަށް ނަވީން އައްޔަން ކުރައްވައިފި

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ރަޝީދު އަވަހާރަވެއްޖެ

ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ޖަލުތަކުގެ ފެންވަރު ރަނގަޅު: އިހުސާން

Ihu

ދުނިޔޭގެ އެހެން ގައުމުތަކާ އަޅާކިޔާއިރު، ރާއްޖޭގެ ޖަލުތަކުގެ ފެންވަރު ރަނގަޅުކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ބޭއްވި “ކަރެކްޝަނަލް އޮފިސާ ޓްރޭނިން ޕްރޮގްރާމް” ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަކީ ވަރަށް ހީވާގި އަދި ޒިންމާދާރު ބައެއް ކަމަށެވެ.

ހަމަ އެހެންމެ، ކަރެކްޝަންސްގެ އޮފިސަރުންގެ މައްސަލައެއް ވަރަށް މަދުން ނޫނީ ފާހަގަ ނުކުރެވޭ ކަމަށާއި، އެކަށީގެންވާ މިންވަރަށް އޮފިސަރުން ވަޒީފާއަށް ރެކްރޫޓް ކުރެވިފައި ނުވިނަމަވެސް، އޮފިސަރުންގެ ޒިންމާ އަދާކުރުމުގައި ރަނގަޅަށް މަސައްކަތް ކުރާ މުއައްސަސާއެއްގެ ގޮތުގައި ކަރެކްޝަންސް ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން، ރާއްޖޭގެ ޖަލުތަކަކީ، ދުނިޔޭގެ އެކި ގައުމުތަކުގެ ޖަލުތަކާ އަޅާބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް ކަމަށް އިހުސާން ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އަލަށް 9 އޮފިސަރުން ވަޒީފާގެ ހުވާކުރި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވީ ކަރެކްޝަނަލް ސާވިސްއަށް ބޭނުންވަނީ އިލްމީ އޮފިސަރުން ކަމަށެވެ. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރުމަށާއި، ކޮރަޕްޝަނާއި ރިޝްވަތުން ދުރުހެލިވުމަށް އާ އޮފިސަރުންނަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލަައިގެންފި

Ihsaan

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ފަހިކޮށް އޮތް މާހައުލު ނައްތާލާނަން: އިޙްސާން

Big y8ixuorksw3g9xukl9jgvt0si 864x576

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާއެކު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

ޤައުމީ ފެންވަރުގައި އޯޝަން އެކައުންޓްސް އެކުލަވާލުމުގެ މަގުޗާޓު ރާއްޖެއިން އިފްތިތާހުކޮށްފި

TTH_advertisement ELL Mobile Advertisement