ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދިން މައްސަލައިގައި 16 އަހަރުގެ ކުއްޖެއް ހައްޔަރުކޮށްފި

TTH_Ads
STO_Ads

ހުޅުމާލެ ފޭސް-2 ގެ ހިޔާ ޕާކު ސަރަޙައްދުގައި ރޭ ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދިން މައްސަލައިގައި 16 އަހަރުގެ ކުއްޖެއް ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ހުޅުމާލޭގައި ރޭ ހިންގި މާރާމާރިގައި އަނިޔާވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކަށް ކަމަށެވެ. އަދި މި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް، އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި ޙަމަލާގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެފައިވާއިރު އެ ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ލޭ ފައިބާފައި ހުއްޓެވެ.

HajjCop_ads

ރޭ ބިދޭސީއަކަށް ޙަމަލާ ދީފައިވާއިރު، މި މަހުގެ 1 ވަނަ ދުވަހުގެރޭ މާލޭގައިވެސް ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވެއެވެ. އެ ހާދިސާގައި އަނިޔާވެފައި ވަނީ ބަނގުލަދޭޝްގެ ރައްޔިތަކަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8u

ޑްރަގްގެ މައްސަލައެއްގައި މަޑުއްވަރީން މީހަކު ހައްޔަރުކޮށްފި

Police vcle

އޭޕްރީލުމަހު އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި

މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން ދެމީހުން ހައްޔަރުކޮށްފި