ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗައިނާ ކިޔަވާކުދިންގެ ވިސާ ކެންސަލްކުރަން އެމެރިކާއިން ނިންމި ނިންމުން ޗައިނާއިން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

STO_Ads
TTH_Ads
Advertisement

ޗައިނާ ކިޔަވާކުދިންގެ ވިސާ ކެންސަލްކުރަން އެމެރިކާއިން ކުއްލިގޮތަކަށް ނިންމުމުން، ޗައިނާ ސަރުކާރުން ވަރަށް ބޮޑަށް ހިތްހަމަނުޖެހި ނުރުހުން ފާޅުކޮށް އެމެރިކާގެ ނިންމުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.

ޗައިނާ ސަރުކާރުން ބުނެފައިވަނީ، އެމެރިކާގެ ނިންމުމަކީ އެއްވެސް ސަބަބާނުލައި ނިންމި ނިންމުމެއް ކަމަށެވެ.

ޗައިނާގެ ކިޔަވާކުދިންގެ ވިސާ “އުދުވާނީގޮތެއްގައި” ކެންސަލްކުރަން ފަށާކަން އިއްޔެ އިއުލާން ކުރެއްވީ އެމެރިކާގެ ފޮރިން މިނިސްޓަރ މާރކޯ ރޫބިއޯއެވެ.

HajjCop_ads
Advertisement

އޭނާ ވިދާޅުވީ، ވިސާ ކެންސަލްކުރާ ދަރިވަރުންގެ ތެރޭގައި، ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއާ ގުޅުންހުރި ކިޔަވާކުދިންނާއި، ކްރިޓިކަލް ދާއިރާތަކުން ކިޔަވަމުންދާ ދަރިވަރުން ހިމެނޭ ކަމަށެވެ.

މީގެއިތުރުން، ކުރިއަށް އޮތްތަނުގައި ޗައިނާ އާއި ހޮންކޮންގުން ވިސާއަށް އެދޭ ހުރިހާ ފަރާތްތަކަށް ވިސާ ދިނުމުގައި މިހާރު އަމަލުކުރާ އުސޫލު އިތުރަށް ހަރުކަށި ކުރާނޭ ކަމަށްވެސް މާރކޯ ރޫބިއޯ ވިދާޅުވެފައި ވެއެވެ.

މިކަމަށް ރައްދުދެއްވައި ޗައިނާ ސަރުކާރުގެ ޚާރިޖިއްޔާގެ ތަރުޖަމާނު މާއޮ ނިންގް ވިދާޅުވީ، ފިކުރާއި ގައުމީ ހައްގުތައް ބަހަނާގެގޮތުގައި ދައްކައިގެން ޗައިނާ ކިޔަވާކުދިންގެ ވިސާ ކެންސަލް ކުރުމަކީ ހުއްޖަތެއް ނޫން ކަމަށެވެ.

ޗައިނާ ސަރުކާރުން މިހާރުވަނީ މިކަމާ ދެކޮޅުހަދައި، މި މައްސަލައިގެ ޝަކުވާ ރަސްމީގޮތުން އެމެރިކާ ސަރުކާރަށް ހުށަހަޅާފައެވެ.

ޗައިނާ ފޮރިން މިނިސްޓްރީންވަނީ، ދެގައުމުގެ ގުޅުން ބަދަހިކުރުމަށް އާރުލާގޮތެއްގައި މަސައްކަތް ކުރުމަށް އެމެރިކާ ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.

ޗައިނާ ކިޔަވާކުދިންގެ ވިސާ ކެންސަލްކުރަން އެމެރިކާ ސަރުކާރުން ނިންމި ނިންމުމަށް އަމަލުކުރަން ފަށައިފިނަމަ، އެމެރިކާގެ ޔުނިވަރސިޓީތަކުގައި ކިޔަވާ ޗައިނާގެ އެތައްހާސް ކުދިންގެ ކިޔެވުން ހުއްޓޭނެއެވެ. ނަތީޖާއެއްގެގޮތުން، އެމެރިކާގެ ސްކޫލްތަކާއި، ޔުނިވަރިސިޓީތަކަށް އާމްދަނީ ލިބެމުންދިޔަ ދޮރުތައް ބަންދުވާނެއެވެ.

އަދި އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ޗައިނާގެ ހުނަރުވެރިންގެ ފުރުސަތު ލިބުންވެސް ގެއްލިގެންދާނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ކަނޑުއޮޅި އަވަހަކަށް ހުޅުވިދާނޭކަމުގެ އުންމީދު އަނެއްކާވެސް ކުޑަވެއްޖެ

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފި