ކުއްލި ޚަބަރު

ކަރަންޓު ޓެރިފް ރޭޓުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ޣައްޒާގެ އުދުވާނަށް 600 ދުވަސް: ފެންނަނީ ހިތްދަތި އަދަދުތަކެއް

ޣައްޒާ ޢުދުވާން މެދުކަނޑައިލަން ޔަހޫދީން އެއްބަސްވެއްޖެ: ވައިޓް ހައުސް

ނޭޕާލްގެ ބޮޑުވަޒީރަށާއި ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް ރާމްޗަންދްރާ ޕައުޑެލްއަށާއި ބޮޑުވަޒީރު ކޭ.ޕީ ޝަރުމާ އޮލީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޭޕާލްގައި މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހަކީ، އެކި ނަސްލުތަކާއެކުވެސް އެޤައުމުގެ ރައްޔިތުން ދައްކާފައިވާ ނަމޫނާއާއި އެއްބައިވަންތަކަން ފާހަގަކުރާ ދުވަސްކަމަށެވެ. އެހެންކަމުން މިދުވަހުގެ ތަހުނިޔާ ނޭޕާލްގެ ރައީސާއި ބޮޑުވަޒީރަށާއި އެޤައުމުގެ ރައްޔިތުންނަށް އެމަނިކުފާނުވަނީ ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާވަނީ ނޭޕާލުގައި ހަމަޖެހުން ޤާއިމުވެ އޮތުމަށާއި ފާގަތި މުސްތަޤުބަލަކަށް އެދިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ރާއްޖެއާއި ނޭޕާލާއި ދެމެދު އޮންނަ ގާތްގުޅުން ބަދަހިވެ ދެޤައުމުގެ ރައްޔިތުންނަށްވެސް އޭގެ ފައިދާތައްވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ރާއްޖެއާއި ނޭޕާލާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ، 1 އޯގަސްޓް 1980 ގައެވެ. ރާއްޖެއާއި ސިޔާސީ ގުޅުން ޤާއިމުކުރި ފަހުން މިވީ 45 އަހަރު ތެރޭގައި ނޭޕާލުންވަނީ ރާއްޖޭގެ ތަރައްޤީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. ވަކިން ޚާއްސަކޮށް ސިއްޙީ ދާއިރާއިން ޑޮކްޓަރުން ތަމްރީނުކުރުމަށާއި ސްޕެޝަލައިޒްވުމުގެ ފުރުސަތުތަކެއް މިމުއްދަތުގެ ތެރޭގައި ފަހިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

މައްކާ ރޫޓު އިނީޝިއޭޓިވް ޓީމުގެ ޚިދުމަތުގެ އަގުވަޒަން ކުރައްވައިފި

ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް މިދަނީ ފެނި ކަށަވަރުވަމުން: ފަހުމީ

އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކުންފުނި އުފައްދަވައިފި

ކަރަންޓު ޓެރިފް ރޭޓުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

TTH_advertisement ELL Mobile Advertisement