ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަމްއާންގެ މައްޗަށް ތިން ދައުވާ އުފުލައިފި

Shammaaaannnnnnnn
TTH_Ads
STO_Ads
Advertisement

ކުރީގެ ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދުގެ މައްޗަށް 3 ދަޢުވާއެއް އުފުލައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ޝަމްޢާންގެ މައްޗަށް ކޮށްފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާކަމަށެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލީ އިމިގްރޭޝަންގައި ޢަމަލުކުރާ ޢާންމު އުޞޫލާ ޚިލާފަށް، ކޮންޓްރޯލަރގެ ބިއުރޯގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ފޮނުވައިގެން 11 މާރިޗު 2025 ދުވަހުގެރޭގެ ވަގުތެއްގައި ބިދޭސީންތަކެއް ދިރިއުޅޭ ގެއަކަށް “އިމިގްރޭޝަން ޗެކް” އަކަށް ކަމަށް ބުނެ ވަދެ، އެތަނުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތަކު 530،000 ރުފިޔާއާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ދޫކޮށްދިނުމަށް އެދި އޭނާގެ ސްޕޮންސަރުގެ ނަމުގައި ޞައްޙަ ނޫން ސިޓީއެއް ހުށަހެޅުމުން، މައިނުއްދީން ބަންދުން ދޫކޮށްލުމަށް ޝަމްޢާން އެންގުމުން، ކޮންޓްރޯލަރގެ ބިއުރޯގައި މަސައްކަތްކުރަމުން ދިޔަ ގ. ހެޕީސައިޑް، އިބްރާހީމް އަޙްމަދު، މޯލްޑިވްސް އިމިގްރޭޝަންގައި ބޭނުންކުރަމުން ދިޔަ ކާރަކަށް އަރުވައިގެން ގެންދިޔަ ވަގުތު، އޭނާގެ އަތުގައި ހުރި ފައިސާގެ ތެރެއިން 500،000 ރުފިޔާ އަތުލުމަށް ޝަމްޢާން، އިބްރާހީމް އަޙްމަދަށް އަންގާފައިވާތީއާއި، އޭނާ އެންގި ގޮތަށް އެފައިސާ މައިނުއްދީން އަތުން އަތުލުމުން، އެ ފައިސާގެ ތެރެއިން 400،000 ރުފިޔާއާ ޝަމްޢާން ޙަވާލުވެފައިވާތީ ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

މި ދަޢުވާތަކާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި މައިނުއްދީން އަށް 500،000 ރުފިޔާ އަދި ދައުލަތަށް އިތުރު 400،000 ރުފިޔާ ނަގައިދިނުމަށް ކޯޓުގައި އެދިފައެވެ. މި މައްސަލާގައި ގ. ހެޕީ ސައިޑް، އިބްރާހީމް އަޙްމަދުގެ މައްޗަށް ފޭރުމުގެ ކުށުގެ ދަޢުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، މަނީ ލޯންޑްރިންގއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދަޢުވާ ދައުލަތުން އުފުލާފައިވެއެވެ.

ތ. ބުރުނި، މޫނިމާގެ، މުޙައްމަދު އަލްސަން އިސްމާޢީލްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދަޢުވާ ކޮށްފައިވޭ. މީގެ އިތުރުން ގ.ހެޕީސައިޑް، ޙަސަން ސެހެޝާންގެ މައްޗަށް ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އުފުލާފައިވެއެވެ.

މީގެ އިތުރުން މ. ހަޒާރީވިލާ، އަޙްމަދު ލައްސާންގެ މައްޗަށް ފޭރުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ދައުލަތުން ވަނީ އުފުލާފައިވެއެވެ.

މި ދަޢުވާތައް ސާބިތުވެއްޖެނަމަ ޝަމްޢާންގެ މައްޗަށް މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large thumb

ޝަމްޢާންގެ ތަހުގީގް ހިންގީ އެއްވެސް ނުފޫޒެއްނެތި ހެކީގެ މައްޗަށް މައްޗަށް ބިނާކޮށް: ފުލުހުން

minister ihusan

ޝަމްއާން ކުރަނީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް: އިހުސާން

Screenshot

ޝަމްއާން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

Io

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާނަށް ހުކުމް އިއްވުން ފަސްކޮށްފި