ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރަށް ބައިނަލްއަގްވާމީ އެވޯޑެއް

ދިވެހިރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި މިހާރުގެ ކޮމިޝަނަރ އޮފް ސްޕޯޓްސް، އަލްފާޟިލް މުޙައްމަދު ޠަލާލްއަށް އޭޝިއަން އެތުލެޓިކްސްއިން ޝަރަފުވެރި ލީޑަޝިޕް އެވޯޑެއް ހަވާލުކޮށްފިއެވެ. މި އެވޯޑަކީ އެތުލެޓިކްސްގެ ދާއިރާއަށް އަލްފާޟިލް ޠަލާލް ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާފައިވާ ޝަރަފުވެރި އެވޯޑެކެވެ.

ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ކޮންގްރެސް 2025 ގައި މި އެވޯޑު އަލްފާޟިލް ޠަލާލްއާ ހަވާލުކުރެވުނެވެ. މި އެވޯޑު ދިނުމަށް އޭޝިއަން އެތުލެޓިކްސްއިން ނިންމާފައިވަނީ ސަރަޙައްދީ އަދި ޤައުމީ ފެންވަރުގައި އެތުލެޓިކްސްގެ ދާއިރާއަށް ޠަލާލް ކުރައްވާފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކާއި ޝައުޤުވެރިކަމާއެކު ދެއްވާފައިވާ ޚިދުމަތްތަކަށް ބަލައިގެންނެވެ.

ޠަލާލްގެ ލީޑަޝިޕްގެ ދަށުން ދިވެހިރާއްޖޭގެ އެތުލެޓިކްސް ދާއިރާއިން ވަނީ ގިނަގުނަ ކުރިއެރުންތަކެއް ހާސިލުކޮށްފައެވެ. މީގެ ތެރޭގައި ބައިނަލްއަޤްވާމީ މުބާރާތަކުން ދިވެހިރާއްޖެއަށް ލިބުނު އެންމެ ފުރަތަމަ ރަން މެޑަލް ހިމެނެއެވެ. މީގެ އިތުރުން، އެތައް ބައިނަލްއަޤްވާމީ މުބާރާތްތަކަކުން ދިވެހި އެތުލީޓުން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.

ޠަލާލްގެ ކުޅިވަރުގެ ދާއިރާގެ ޚިދުމަތުގެ ތާރީޚަށް ބަލާއިރު، 2012 ވަނަ އަހަރު އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމާއެކު، ވިދިވިދިގެން ތިން ދައުރު އެ މަޤާމު ފުރުއްވިއެވެ. އަދި 2021 ވަނަ އަހަރު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަޤާމަށްވެސް އިންތިޚާބުވެވަޑައިގަތެވެ. 2023 ވަނަ އަހަރު ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމުން އިސްތިއުފާ ދެއްވިއެވެ.

މި ޝަރަފުވެރި އެވޯޑަކީ ޠަލާލްގެ ހިތްވަރާއި ކެނޑިނޭޅި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ލިބިވަޑައިގެންފައިވާ ޤަދަރެއްކަން ފާހަގަކުރެވެއެވެ. އަދި މިއީ ދިވެހިރާއްޖޭގެ އެތުލެޓިކްސް ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެއް ކަމުގައިވެސް ދެކެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Tholal

ބައިނަލްއަޤްވާމީ މުބާރާތްތަކަށް ރާއްޖެއަށް ފުރުސަތު ލިބުމަކީ ލިބޭފަހި ފުރުސަތެއް: ޠަލާލު

ރައީސްގެ އަމާޒަކީ ހިންގުން ހަރުދަނާކޮށް، މުޅި ރާއްޖެއަށް ކުޅިވަރު ފަތުރާލުން: ޠަލާލް

Big Toqoji4bynn2pxucduyowkbw0 Tholal

ކުޅިވަރު އެސޯސިއޭޝަންތަކުގެ އަހަރީ ރިޕޯޓާ ގުޅޭ މައްސަލަތައް ހައްލުވެއްޖެ: ޠަލާލް

TTH_advertisement