ކުއްލި ޚަބަރު

އިތުރު އަމުރެއް ނެރެ، ރައުދު އަނެއްކާވެސް ހައްޔަރުކޮށްފި

ސަމާލުވޭ، ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ފެތުރެނީ

ޖެނީންއަށް ޒިޔާރަތްކުރި އީޔޫ ޑިޕްލޮމޭޓުންގެ ވަފުދާދިމާއަށް އިސްރާއީލު ސިފައިން ބަޑިޖެހި މައްސަލަ އިތުރަށް ހޫނުވަނީ

އިތުރު އަމުރެއް ނެރެ، ރައުދު އަނެއްކާވެސް ހައްޔަރުކޮށްފި

Rauu

މާލޭގެ ގެއެއްގެ ނުވަ ވަނަ ފްލޯއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް މިއަދު ބަންދުން ދޫކޮށްލުމަށްފަހު އަނެއްކާވެސް އެހެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

އޭނާ މިއަދު ދޫކޮށްލީ ކުރިން ބަންދުގެ މުއްދަތު އިތުރު ކުރި އަމުރު ހައިކޯޓްގައި އިސްތިއުނާފު ކޮށްފައި ވަނިކޮށެވެ.

ދޫކޮށްލުމަށްފަހު ކްރިމިނަލް ކޯޓުން ނެރުނު އެހެން އަމުރެއްގެ ދަށުން މިއަދު އަނެއްވެސް އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ހައްޔަރުކުރި ރައުދުގެ މައްޗަށް ފުލުހުން ވަނީ، އިމާރާތެއްގެ މަތިން ގެއެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށްފައެވެ. އޭގެ އިތުރުން ޖިންސީ ގުޅުން ހިންގުމާއި މަސްތުގެ ހާލަތުގައި ހުރުމުން، އެ ކުށްތަކަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަށް މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި، ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ހިފަހައްޓައިފައެވެ. ފުލުހުން ވަނީ ޔުމްނުއާއެކު އެރޭ އުޅުނު ހަތް މީހެއްގެ ވަނަވަރު ވެސް އާންމުކޮށްފައެވެ.

ޔުުމްނުގެ ފަރާތުން އޭނާގެ ދައްތައަކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވީޑިއޯ މެސެޖެއް ދީފައެވެ. ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުނެފައިވަނީ، ހާދިސާ ހިނގި ރޭ ޔުމްނު ފެންޓެނޯއީއަށް ދިޔައީ މީހެއްގެ ދައުވަތަކަށް ކަމަށާއި އެއީ އެ މައްސަލައިގައި ހިމެނޭ ހ. މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތެއް ކަމަށެވެ.

“ޔުމްނު އަޅުގަނޑުމެންނަށް ކިޔައިދިން ގޮތުގައި ޔުމްނު އަމިއްލައަށް ވެއްޓުނީކީ ނޫން. ރައުދުގެ އިތުރުން، އެ ގޭގައި އިތުރު ހަތަރު މީހަކު އުޅުނު،” ޔުމްނުގެ ދައްތަ ބުންޏެވެ.

ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުނީ ރައުދު އަހުމަދު ޒިލާލްގެ އިތުރުން ޔައްސާރާއި އިތުރު ތިން މީހަކު ޔުމްނު ވައްޓާލުމުގައި ބައިވެރިވި ކަމަށެވެ. އަދި އެ ގެއަކީ މީގެ ކުރިންވެސް ޔުމްނު ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނުގެ ދައްތަ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Nace

ފުލުހުންގެ މައި މަރުކަޒު ހުޅުމާލޭގައި ހަދަން ނިންމައިފި

Chinna

ޗައިނާގެ އެހީގައި ކައުންސިލް އިމާރާތްތައް އަޅަނީ

Covid

ސަމާލުވޭ، ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ފެތުރެނީ

ޖެނީންއަށް ޒިޔާރަތްކުރި އީޔޫ ޑިޕްލޮމޭޓުންގެ ވަފުދާދިމާއަށް އިސްރާއީލު ސިފައިން ބަޑިޖެހި މައްސަލަ އިތުރަށް ހޫނުވަނީ

ELL Mobile Advertisement TTH_Advertisement