ކުއްލި ޚަބަރު

އިތުރު އަމުރެއް ނެރެ، ރައުދު އަނެއްކާވެސް ހައްޔަރުކޮށްފި

ސަމާލުވޭ، ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ފެތުރެނީ

ޖެނީންއަށް ޒިޔާރަތްކުރި އީޔޫ ޑިޕްލޮމޭޓުންގެ ވަފުދާދިމާއަށް އިސްރާއީލު ސިފައިން ބަޑިޖެހި މައްސަލަ އިތުރަށް ހޫނުވަނީ

ރައުދު ބަންދުން ދޫކޮށްލައިފި

ރައުދު

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލް ބަންދުން ދޫކޮށްލައިފިއެވެ.

އޭނާ ބަންދުން ދޫކޮށްލާފައި މިވަނީ އެންމެފަހުން މުއްދަތު އިތުރުކުރި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ހައްޔަރުކުރި ރައުދުގެ މައްޗަށް ފުލުހުން ވަނީ، އިމާރާތެއްގެ މަތިން ގެއެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށްފައެވެ. އޭގެ އިތުރުން ޖިންސީ ގުޅުން ހިންގުމާއި މަސްތުގެ ހާލަތުގައި ހުރުމުން، އެ ކުށްތަކަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަށް މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި، ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ހިފަހައްޓައިފައެވެ. ފުލުހުން ވަނީ ޔުމްނުއާއެކު އެރޭ އުޅުނު ހަތް މީހެއްގެ ވަނަވަރު ވެސް އާންމުކޮށްފައެވެ.

ޔުުމްނުގެ ފަރާތުން އޭނާގެ ދައްތައަކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވީޑިއޯ މެސެޖެއް ދީފައެވެ. ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުނެފައިވަނީ، ހާދިސާ ހިނގި ރޭ ޔުމްނު ފެންޓެނޯއީއަށް ދިޔައީ މީހެއްގެ ދައުވަތަކަށް ކަމަށާއި އެއީ އެ މައްސަލައިގައި ހިމެނޭ ހ. މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތެއް ކަމަށެވެ.

“ޔުމްނު އަޅުގަނޑުމެންނަށް ކިޔައިދިން ގޮތުގައި ޔުމްނު އަމިއްލައަށް ވެއްޓުނީކީ ނޫން. ރައުދުގެ އިތުރުން، އެ ގޭގައި އިތުރު ހަތަރު މީހަކު އުޅުނު،” ޔުމްނުގެ ދައްތަ ބުންޏެވެ.

ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުނީ ރައުދު އަހުމަދު ޒިލާލްގެ އިތުރުން ޔައްސާރާއި އިތުރު ތިން މީހަކު ޔުމްނު ވައްޓާލުމުގައި ބައިވެރިވި ކަމަށެވެ. އަދި އެ ގެއަކީ މީގެ ކުރިންވެސް ޔުމްނު ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނުގެ ދައްތަ ބުންޏެވެ.

ޔުމްނުގެ ދައްތަގެ ބައެއް ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުންގެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެއީ ޔައްސާރު ލޮކޭޝަން ފޮނުވައިގެން ޔުމްނު ދިޔަ ކަމަށް ބުނުމަށްފަހު، އެ ގެއަކީ މީގެ ކުރިންވެސް ޔުމްނު ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނުގެ ދައްތަ ބުނެފައިވާތީއެވެ. ޔުމްނު އާންމުކޮށް ދާ ގެއަކަށްވާތީ، ލޮކޭޝަން ފޮނުވަން ނުޖެހޭނެ ކަމަށްބުނެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ފުލުހުންނަށް މިހާތަނަށް ޔުމްނުގެ ބަޔާން ނެގިފައިނުވާ އިރު، އިއްޔެ ފުލުހުން ބުނެފައިވަނީ ތަހުގީގަށް އޭނާގެ ބަޔާން ވީހާ ވެސް އަވަހަށް ނަގަން ބޭނުންވާ ކަމަށާއި އެކަން ނުވެ އޮތީ ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން ކަމަށެވެ.

އެ މައްސަލައިގައި ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށާއި އެކަމަކު، ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެކަން މިހާތަނަށް ނުވެ އޮތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

“އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބިއެވެ. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވެއެވެ،” ފުލުހުންގެ ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެހެންވެ އެކަމާ ގުޅިގެން ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް، އެ މީހުން ތަހުގީގަށްދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ތަހުގީގު ޓީމުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ޔުމްނުއަށް ފުރަތަމަ އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު، މިިދިޔަ މަހުގެ 26 ވަނަ ދުވަހު އިތުރު ފަރުވާއަށް ވަނީ މެލޭޝިއާއަށް ގެންގޮސްފައެވެ. މެލޭޝިއާގައި އޭނާ ވަނީ އިތުރު ސާޖަރީތަކެއް ހަދައިފައެވެ.

ޔުމްނު ވެއްޓުނު މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Rauu

އިތުރު އަމުރެއް ނެރެ، ރައުދު އަނެއްކާވެސް ހައްޔަރުކޮށްފި

Nace

ފުލުހުންގެ މައި މަރުކަޒު ހުޅުމާލޭގައި ހަދަން ނިންމައިފި

Chinna

ޗައިނާގެ އެހީގައި ކައުންސިލް އިމާރާތްތައް އަޅަނީ

Covid

ސަމާލުވޭ، ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ފެތުރެނީ

TTH_Advertisement ELL Mobile Advertisement