ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުސުކް ކާޑު ނެތްނަމަ ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ނުލިބޭނެ

Ooop
STO_Ads
TTH_Ads
Advertisement

ސަޢޫދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވުޒާރާއިން ވަނީ މިއަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން “ނުސުކް” ނަމަކަށް ކިޔާ ޚާއްޞަ ނިޒާމެއްގެ ބޭނުން އިތުރަށް ފުޅާކޮށްފައެވެ. މި ނިޒާމަކީ ޙައްޖާއި ޢުމްރާގެ ކަންކަން ޤަވާއިދުގެ ތެރެއިން، ވަކި އުސޫލަކުން ކުރިއަށްގެންދިޔުމަށް ތަޢާރަފްކުރި މަންސައެކެވެ.

ނުސުކް ނިޒާމުގެ ދަށުން، ކޮންމެ ޙާޖީއަކަށް “ނުސުކް ކާޑު” ނަމަކަށް ކިޔާ ޚާއްޞަ ފާހެއް ދޫކުރެވެއެވެ. މި ކާޑަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ޙާޖީންނަށް ދޫކުރާ ރަސްމީ ފާހެވެ. ސަޢޫދީ ޢަރަބިއްޔާގެ ޙައްޖާ ބެހޭ ވުޒާރާއިން އަންގާފައިވާ ގޮތުގައި، ޙައްޖުގެ އަޅުކަން އަދާކުރުމުގައި އެންމެހާ ޙާޖީންގެ އަތުގައި ހުރިހާ ވަގުތަކު މި ފާސް އޮންނަންޖެހެއެވެ.

ނުސުކް ކާޑަކީ ޕްރިންޓުކޮށްފައި އޮންނަ ކާޑެކެވެ. މި ކާޑު ބޭނުންކުރެވެނީ ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރާއިރު އަދި ޙައްޖާ ގުޅުންހުރި ޚިދުމަތްތައް ހޯދާއިރުއެވެ. މިއީ ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް ތަންތަނަށް ވަނުމުގައި ފަސޭހަވާނެ ވަސީލަތެކެވެ.

MMA_Ads
HajjCop_ads
Advertisement

ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން ވަނީ ދިވެހި ހުރިހާ ޙާޖީންވެސް ހުރިހާ ވަގުތެއްގައި ނުސުކް ކާޑު އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައެވެ. މިއީ ދިވެހި އެއްވެސް ޙާޖީއަކަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ގެއްލުނަ ނުދިނުމަށް އެޅޭ ފިޔަވަޅެކެވެ.

ސަޢޫދީ ސަރުކާރުން ވަނީ ނުސުކް މަންސަ މެދުވެރިކޮށް ހުއްދަ ހޯދައިގެން މެނުވީ 1446ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ނުދޭނެކަމަށް އަންގާފައެވެ. މީގެ ބޭނުމަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ ކަންކޮޅުތަކުން ސަޢޫދީއަށް އެތެރެވާ އެންމެހާ ޙާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MMA_Ads
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

maldivian hajj

ޙައްޖުވެރިންގެ ފަހު ފްލައިޓު ފުރައިފި

މި އަހަރު ޢަރަފާތުގެ ޚުޠުބާ ވިދާޅުވާނީ މަސްޖިދުއް ނަބަވީގެ އިމާމު ޢަލީ އަލްޙުޛައިފީ

43

ރާއްޖެއިން ޙައްޖަށްދާ ފުރަތަމަ ގުރޫޕު ސައުދީ އަރަބިއްޔާއަށް ފުރައިފި

990

އެހެން ގައުމުތަކަށް ދޫކޮށްފައިވާ ހައްޖު ކޯޓާގެ ތެރެއިން ބޭނުންނުކުރާ ކޯޓާތައް ރާއްޖެއަށް ލިބޭނެ މަގެއް ހޯދަން މަޝްވަރާކޮށްފި