ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓީއޯގެ ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފި

Grkrumyxcaaepcz
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން — ފޮޓޯ: އެސްޓީއޯ
STO_Ads

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ނިންމައިފިއެވެ.

މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ނިންމާފައިވަނީ ނަސަންދުރާގައި މިރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައެވެ.

އަހަރީ އާންމު ޖަލްސާގައި، ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްވީ ޖަލްސާގައި ބައިވެރިވި މީހުންގެ 99.9 ޕަސެންޓް ވޯޓުންނެވެ. ޖަލްސާގައި ހިއްސާދާރުންގެ ތެރެއިން ބައިވެރިވީ 229 ހިއްސާދާރެކެވެ.

Maldivian_Ads

އެސްޓީއޯ އިން 2023 އަހަރުގެ ފައިދާ އިން ވެސް ބަހަން ނިންމާފައިވަނީ ހިއްސާއަކަށް 80 ރުފިޔާއެވެ. އެއީ ފާއިތުވި 11 އަހަރުގެ ތެރޭގައި އެ ކުންފުނިން ހިއްސާއަކަށް ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 15 ބިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު އާމްދަނީއާ އަޅައިބަލާއިރު ހަ ޕަސެންޓް މަދު އަދަދެކެވެ.

މިދިޔަ އަހަރު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 2.4 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާއަށް ލިބުނީ 717 މިލިއަން ރުފިޔާއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Img md 202604090648201775742500.4748

އެސްޓީއޯ ރަމަޒާން ބާޒާރު ލަކީ ޑްރޯގެ ނަސީބުވެރިއެއް ހޮވައިފި

ބަންކަރިން ޚިދުމަތުން ލިބުނު އާމްދަނީ 730 މިލިއަން ރުފިޔާއަށް އަރައިފި

maldive gas

ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް މާކެޓަށް ނެރެފި

Oo

އިތުރު 1500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި