ކުއްލި ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލަައިގެންފި

ޕޮލިސް ކޮމިޝަނަރގެ މަގާމަށް ނަވީން އައްޔަން ކުރައްވައިފި

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ރަޝީދު އަވަހާރަވެއްޖެ

ހަނިގޮތަކަށް މަޔޯކާ އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެ

ސްޕެނިޝް ލަ ލީގާގައި ރޭ ކުޅުނު މެޗުގައި ރެއާލް މެޑްރިޑް ވަނީ މަޔޯކާއާ ދެކޮޅަށް 2-1 އިން މޮޅުވެފައެވެ. މެޗުގެ ފަހު ވަގުތުގައި ޔަކޯބޯ ރަމޯން ކާމިޔާބުކޮށްދިން ލަނޑުގެ ސަބަބުން ރެއާލް މެޑްރިޑަށް މި މުހިންމު ކާމިޔާބީ ހޯދުނެވެ.

މި ނަތީޖާއާ ގުޅިގެން، ލީގު ޗެމްޕިއަންކަން ހޯދުމަށް ބާސެލޯނާއިން ކުރަމުންދާ މަސައްކަތް އިތުރު މެޗަކަށް ދަނީ ދިގުދެމިގެންނެވެ. މިހާރު ރެއާލް މެޑްރިޑަށް ވަނީ 36 މެޗުން 78 ޕޮއިންޓު ލިބިފައެވެ. އެއްވަނައިގައިވާ ބާސެލޯނާއަށް 35 މެޗުން 82 ޕޮއިންޓު ލިބިފައިވާއިރު، މިއަދު އެސްޕަނިއޯލްއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލިޔަސް ބާސެލޯނާއަށް ލީގު ޗެމްޕިއަންކަން ލިބިގެންދާނެއެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި 60،000 އަށްވުރެ ގިނަ މީހުން ކުޅިބަލަން ތިބި މި މެޗުގައި، ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮއްޓީ ވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. މި ސީޒަނަށްފަހު ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިވާ އެންޗެލޮއްޓީ، ދެން ހަވާލުވާނީ ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމާއެވެ.

މެޗުގެ 11 ވަނަ މިނެޓުގައި މަޔޯކާގެ މާޓިން ވަލްޔެންޓް ވަނީ އެ ޓީމަށް ކުރިއެރުން ހޯދައިދީފައެވެ. އޭގެ ފަހުން ރެއާލް މެޑްރިޑްގެ ކުޅުން ރަނގަޅުވެ، އެންޑްރިކް، ކިލިއަން އެމްބާޕޭ، ލޫކާ މޮޑްރިޗް އަދި ޖޫޑް ބެލިންހަމް ފަދަ ކުޅުންތެރިން ވަނީ ގިނަ ހަމަލާތަކެއް ދީފައެވެ. ނަމަވެސް މަޔޯކާގެ ގޯލްކީޕަރު ރޯމަން ވަނީ ފާހަގަކޮށްލެވޭ ޑިފެންސިވް ކުޅުމެއް ދައްކާފައެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި 20 އަހަރުގެ ޔަކޯބޯ ރަމޯން ވަނީ ރެއާލް މެޑްރިޑަށް މޮޅުވުމުގެ ލަނޑު ޖަހައިދީފައެވެ. މިއީ ރަމޯން ލަ ލީގާގައި ކުޅުނު ދެވަނަ މެޗެވެ.

ރެއާލް މެޑްރިޑްގެ ތާރީޚުގައި އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނޭ ކާލޯ އެންޗެލޮއްޓީ ވަނީ އެ ޓީމަށް 15 މުބާރާތް ކާމިޔާބުކޮށްދީފައެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގު ތިން ފަހަރު އަދި ލަ ލީގާ ދެ ފަހަރު ހިމެނެއެވެ. ނަމަވެސް މި ސީޒަނުގައި ރެއާލް މެޑްރިޑް ސީޒަން ނިންމާލަން ޖެހިފައިވަނީ އެއްވެސް މުބާރާތެއް ކާމިޔާބު ނުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލަައިގެންފި

Ihsaan

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ފަހިކޮށް އޮތް މާހައުލު ނައްތާލާނަން: އިޙްސާން

Big y8ixuorksw3g9xukl9jgvt0si 864x576

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާއެކު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

ޤައުމީ ފެންވަރުގައި އޯޝަން އެކައުންޓްސް އެކުލަވާލުމުގެ މަގުޗާޓު ރާއްޖެއިން އިފްތިތާހުކޮށްފި

ELL Mobile Advertisement TTH_advertisement