ކުއްލި ޚަބަރު

ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނުނީ ފަޅުރަށަކުން، އޭނާގެ ހާލު ރަނގަޅު

ރައީސް އެދިވަޑައިގެންނެވި ގޮތަށް ހައްޖުވެރިންގެ ޑެބިޓު ކާޑުގެ ލިމިޓު 2،000 ޑޮލަރަށް ބީއެމްއެލްއިން އިތުރުކޮށްދީފި

ޔުމްނު ވެއްޓުނު ތަހުގީގާ ގުޅިގެން ފުލުހުންގެ ގޯހެއް ނުފެނުނު: އިހްސާން

Img 5801

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތުގައި ގޯހެއް އޮތްކަން މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

‘އަހާ’ ފޯރަމްގައި މިރޭ ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ތަހުގީގެއްގައި އާންމުކޮށް މައުލޫމާތު ނުދޭހާ އަވަހަށް މި މައްސަލައިގައި ރައްޔިތުންނަށް މައުލޫމާތުތަކެއް ދޭން ފެށި ކަމަށާއި ފުލުހުން މަސައްކަތް ކުރަމުންދަނީ ފުލުހުންގެ ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކަމަށެވެ.

ފުލުހުން ކުރާ މަސައްކަތުގައި މައްސަލައެއް އުޅޭތޯ ތަހުގީގުކުރާ ދެތިން އިދާރާއެއް އަދި އެބައޮތް ކަމަށާއި އެ އިދާރާތަކުން ވެސް އެކަންކަން ބަލަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

“އަދި އަދަށް ދާންދެން އަޅުގަނޑާއި ހިސާބަކަށް ފުލުހުން މި މައްސަލައިގައި އަމަލުކުރި ގޮތުގެ އެއްވެސް ގޯހެއް އަދިއެއް އަޅުގަނޑުމެންނާއި ހިސާބަށް ފާހަގަވެފައެއް ނެތް،” އިހުސާން ވިދާޅުވިއެވެ.

މި ހާދިސާގައި ލިބުނު އަނިޔާތަކަށް ޔުމްނު އަށް ފަރުވާދެމުން އަންނަނީ މެލޭޝިޔާގައެވެ.

އެ މައްސަލައިގެ ތަހުގީގަށް އެރޭ ޔުމްނުއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ކައުންސިލަރުންނަށް ޚުޠުބާ ކިއުމުގެ ހުއްދަ ލިބޭނީ 3 މަސް ދުވަހުގެ ކޯހެއް ފުރިހަމަ ކުރުމުން!

ސަބަލެންކާ ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފި

Img 5840 (1)

މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު ބޮޑުތަނުން އިތުރުވެއްޖެ: އިހްސާން

Img 5787

މި ސަރުކާރުން ޚާއްސައެހީއަށް ބޭނުންވާ ކުދިން ބާކީ ނުކުރާނެ: މިނިސްޓަރު

Mulhiraajje
TTH_Advertisement ELL Mobile Advertisement