ކުއްލި ޚަބަރު

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށްފި

އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރިކަން ރައީސް އިއުލާން ކުރައްވައިފި

ބޮޑުތަކުރުފާނު މަގުގައި ތާރުއަޅަން ބައެއް މަގުތައް ބަންދުކުރަނީ

އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ފާސްކޮށްފި

27

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ކުރީ ޖުޑީޝަރީ ކޮމިޓީންނެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުން ހޫނުވެ އިދިކޮޅު އެމްޑީޕީން ވަނީ ކޮމިޓީ ބޮއިކޮޓްކޮށްފައެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުންނަކީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.

އިއްޔެ ވެސް އެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ ހުށަހެޅުން ފާސްކުރުމަށް ވޯޓު ދެއްވީ ހަމައެކަނި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ. އެހެންކަމުން އެ ހުށަހެޅުން ފާސްވެފައެއް ނުވެއެވެ.

އެ ހުށަހެޅުމުގެ ކުރިން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ އިޖުރާއީ ކަމެއް ފާހަގަނުކުރެވޭތީ، ޖޭއެސްސީގެ ނިންމުމާ އެއްގޮތަށް މައްސަލަ މަޖިލީހުގެ ތަޅުމަށް މައްސަލަ ފޮނުވުމަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ ހުށަހެޅުއްވުމަށް އިއްޔެގެ ބައްދަލުވުމުގައި ވޯޓަށް އަހައިފައެއް ނުވެއެވެ.

އެ ދެ ބޭފުޅުން ވަކިކުރަން ފާސްކުރީ މިއަދު ބޭއްވި ސިއްރު ބައްދަލުވުމުގައެވެ.

ޖޭއެސްސީން ބުނެފައިވަނީ، މި އަޒްމިރަލްދާ އާއި މަހާޒް ފަނޑިޔާރުކަމުން ވަކިކުރަން ނިންމާފައިވަނީ މިދިޔަ ޑިސެމްބަރު 4 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވާފައިވާކަން ސާބިތުވެފައިވާތީ ކަމަށެވެ.

މި ދެ ފަނޑިޔާރުންގެ އަމަލަކީ ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ ބައެއް މާއްދާތަކާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާކަމަށް ފަނޑިޔާރުން ހެކިވާނެ: ރައީސް

Gvpklfrwmaari f

އޭޖީ އޮފީހުގެ ވަކީލުންނާ ގުޅޭ ބިލަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި 

G30ybas5hi5m08q91zfz

ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރުމަކީ ބޮޑު ގޯހެއް: ނަޝީދު

azmiralda-mahaz

ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުނުކުރަން ކޮމިޓީން ނިންމައިފި

TTH_advertisement