ކުއްލި ޚަބަރު

ގދ. ނަޑައްލާއިން މީހަކު ގެއްލިގެން ހޯދަނީ

ގައުމީ ޑިޖިޓަލް އިގުރާރު ރައީސް އަށް އަރުވައިފި

ދުންފަތް މަނާކުރާ “ޖެނެރޭޝަން ބޭން”ގެ ބިލު ކޮމިޓީން ފާސްކޮށްފި

ދުންފަތް މަނާކުރާ “ޖެނެރޭޝަން ބޭން”ގެ ބިލު ކޮމިޓީން ފާސްކޮށްފި

Gqqcs3fxsaeaxbq
ދުންފަތް ކޮންޓްރޯލް ކުރުމުގެ ބިލު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން — ފޮޓޯ: މަޖިލިސް

ޖެނުއަރީ އެކެއް 2007 އިން ފެށިގެން އުފަންވެފައިވާ ނުވަތަ އުފަންވާ އެންމެންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނު އިސްލާހުކުރުމަށް ފޮނުވި ބިލު ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.

އެ ބިލަކީ ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް ހުށަހެޅުއްވި ބިލެކެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ދިރާސާކުރުމަށް ވަނީ ވަގުތީ ކޮމިޓީއަކަށް ފޮނުވައިފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ޖެނުއަރީ އެކެއް 2007 އިން ފެށިގެން އުފަންވެފައިވާ ނުވަތަ އުފަންވާ އެންމެންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާގޮތަށް ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނު އިސްލާހުކުރުމަށް ފޮނުވި ބިލު، އެގޮތަށް ފާސްކޮށް އަލުން މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.

އެ ގާނޫނުުގެ ހަ ވަނަ މާއްދާގައި މިހާރު އޮންނަނީ، ދުންފަތުގެ އެއްްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް، 21 އަހަރުން ދަށުގެ މީހަކަށް ނުވަތަ ކުޑަކުއްޖަކަށް ވިއްކައިގެން ނުވާނެ ކަމަށެވެ.

މަޖިލީހަށް ފޮނުވާފައިވާ ބިލުން އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، އެކެއް ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް ފަރާތަކުން ދުންފަތުގެ ބާާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ދުންފަތުގެ އެއްވެސް ބާވަތެއް އަދި އުފެއްދުމެއް އެފަދަ ފަރާތަަކަށް ވިއްކުމަކީ މަނާކަމެއް ކަމަށްވެސް ހިމަނާފައިވެއެވެ. އެއާއެކު 21 އަހަރުން ދަށުގެެ އެއްވެސް ފަރާތަކަށް އެފަދަ އެއްޗެއް ވިއްކުމަކީ މަނާކަމެއްް ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ދުންފަތުގެ ބާވަތްތައް ވިއްކުމަށް ރަޖިސްޓްރީކޮށް، އެ ބާވަތްތައް ވިއްކުމުގެ ލައިސަންސް އޮތް ފަރާތަކުން ނޫނީ، ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށާއި ގަންނަނީ ކާކުކަން ނޭނގޭ އެއްވެސް ފަރާތަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ވިއްކުމުގެ ހުއްދަ އޮތް ފަރާތަކުންވެސް ދުންފަތުގެ ބާވަތެއް ވިއްކަންވާނީ، އެ ގަންނަ ފަރާތަކީ ދުންފަތުގެ ބާވަތްތައް ވިއްކުން ގާނޫނުން މަނާކޮށްފައިނުވާ ފަރާތެއްތޯ ކަށަވަރުކުރުމަށް، އައިޑީކާޑު ނުވަތަ އެމީއެއްގެ އުމުރުން އަންގައިދޭ ރަސްމީ ލިއުމެއް ދެއްކުމުން ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ވެސް ދުންފަތް ކޮންޓްރޯލުކުރުމަށް ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ޣައްޒާ މައްސަލަ އަސްކަރީ ހަމަލާދީގެން ހައްލު ނުކުރެވޭނޭ ކަމަށް، އިސްރާއީލަށް ހަތިޔާރުދޭ ޖަރުމަނުން ބުނެފި

އެމްޓީސީސީގެ ކާސްޓްރޯލް އުފެއްދުންތަށް އެހެން ފަރާތަކުން ވިއްކާނަމަ ސަމާލުވުމަށް އެދެފި

ޕާކިސްތާނާއި އިންޑިއާއަށް އދ އިން މަރުހަބާ ކިޔައިފި

ކައުންސިލަރުންނަށް ހުތުބާ ކިޔުމުގެ ހުއްދަަ ދިނުމަށް ކޯހެއް ހިންގަަނީ

Mulhiraajje
ELL Mobile Advertisement TTH_Advertisement