ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަކުދިންނަށް ޚާއްޞަ ޑެބިޓް ކާޑު ބީއެމްއެލްއިން ތައާރަފުކޮށްފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުޑަކުދިންނަށް ޚާއްޞަ ޑެބިޓް ކާޑެއް ތަޢާރަފުކޮށްފިއެވެ.

ޖެން ހޮޓެލުގައި މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ސްޓޫޑަންޓް ކާޑު ތަޢާރަފުކޮށްދެއްވީ ބީއެމްއެލްގެ ޗެއަރޕާސަން މުޙައްމަދު ޢަލީ ޙަބީބް އާއި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ އަޙްމަދު ޝަރީފުގެ އިތުރުން ޙަފްލާގައި ބައިވެރިވި ގިނަ އަދަދެއްގެ ދަރިވަރުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މިއަދަކީ ދަރިވަރުންނަށް ކާޑެއް ތަޢާރަފުކުރާ ތާރީޚީ ދުވަހެއް ކަމަށެވެ.

HajjCop_ads
Advertisement

ޝަރީފް އިތުރަށް ވިދާޅުވީ، ދުނިޔޭގެ ދަފްޢުކުރުމުގެ ނިޒާމަށް އައިސްފައިވާ ހަލުވި ކުރިއެރުން ރާއްޖޭގެ ދަފްޢުކުރުމުގެ ނިޒާމަށް އައިސްފައި ނެތް ނަމަވެސް، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ދަފްޢުކުރުމުގެ ނިޒާމާ ރާއްޖެ އަރައި ހަމަކުރާނެ ކަމަށެވެ.

“އުންމީދަކީ އިއްޔެ ތަޢާރަފުކުރެވުނު ‘މޯލްޑިވްސް 2.0’ ޑިޖިޓަލް ފާސްޓް ނޭޝަނެއްގެ ގޮތުގައި ރާއްޖެ ތަރައްޤީވެގެންދާއިރު، އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރެވޭ މުޢާމަލާތްތައް އެއް ނިޒާމެއްގެ ތެރެއިން ލިބިގެންދާއިރު، މީގެން އެންމެ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެއްފަރާތަަރާތަކީ ބޭންކިންގ އަދި ދަފްޢުކުރުމުގެ ޚިދުމަތްތަކެވެ. މިގޮތުން އަހަރަކު ކުރާ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެއެވެ. މިއީ މާލީ މިނިވަންކަމާ ދިމާލަށް އެ ކުދިން އަޅާނެ ފުރަތަމަ ފިޔަވަޅެވެ،” އޭނާ ވިދާޅުވިއެވެ.

ދެ އުމުރުފުރައަކަށް ބަހާލައިގެން ސްޓޫޑަންޓް ކާޑު ފަރުމާކޮށްފައިވަނީ ދެ ޑިޒައިނަކަށެވެ. އެއީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް އަދި 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށެވެ.

ބެލެނިވެރިންނަށް ބީއެމްއެލް މޮބައިލް ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް މި ކާޑަށް އެދި ހުށަހެޅޭނެއެވެ. ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން އަދި ބްލޮކްކޮށް ޕިން ބަދަލުކުރުން ފަދަ ޚިދުމަތްތައް އެޕްލިކޭޝަން މެދުވެރިކޮށް ބެލެނިވެރިންނަށް ކުރެވޭނެއެވެ.

ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އޮންލައިން އަދި މަތީ އަދަދުތަކުގެ މުއާމަލާތްތަކަށް ބެލެނިވެރިންގެ ރަޖިސްޓާކޮށްފައިވާ ފޯނު ނަންބަރަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭންކުން ފޮނުވާނެއެވެ.

“ކުރިޔަށް އޮތް ތަނުގައި ފިޒިކަލީ މިހާރު ބޭނުންކުރާ ކާޑު އެއްގޮތަކަށްވެސް ބޭނުންކުރަން ނުޖެހުމަކީ އެކަށީގެންވާ ކަމެއް. ދުނިޔޭގެ އެހެން ބައެއްް ގައުމުތަކުގައި އަތް ތިލަ ނުވަތަ ފޭސް ނުވަތަ ވޮއިސް ރިކޮގްނިޝަން ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްކުރުން ފަދަ ފަސޭހަގޮތްތައް ހިމެނޭނެ. މިއަދު މި ތައާރަފްކުރާ ސްޓޫޑަންޓް ކާޑު، ކުދިންގެ ސްކޫލު ދައުރު ނިމުމުގެ ކުރިން ރާއްޖޭގައިވެސް މި ފަދަ ނިޒާމުތައް ގާއިމްވެގެންދާނެ،” ޝަރީފް ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ

bml

ކަސްޓަމަރުންނަށް ކޮންމެ މަހަކު 81 މިލިޔަން ޑޮލަރު ވިއްކާފައިވޭ: ބީއެމްއެލް

bml

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި

Bml

ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑަރ ފީ ބީއެމްއެލުން ކަނޑާލައިފި