ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަންކާގެ މަސްބޯޓެއް އޮޔާދާތީ އެމްއެންޑީއެފުން އެހީތެރިވަނީ

ސްރީލަންކާގެ މަސްބޯޓެއް އޮޔާދާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަވަސް ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

އެމްއެންޑީއެފްގެ ފަރާތުަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، އައްޑު އަތޮޅުގެ ހުޅަނގު ސަރަޙައްދުގައި ސްރީލަންކާގެ މަސްބޯޓެއްގެ އިންޖީނު ހުއްޓި، އޮޔާދާ ކަމުގެ ރިޕޯޓެއް ލިބިފައިވެއެވެ. މި ހާދިސާއާ ގުޅިގެން، އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެ ބޯޓުގެ ޙާލަތު ވަރަށް ގާތުން ބަލަހައްޓަމުންދާ ކަމަށް އެ ފަރާތުން ހާާމަކުރެއްވިއެވެ.

މި ވަގުތު އެ ބޯޓު ވަނީ ސ. ހިތަދޫގެ ހުޅަނގުން 70 ނޯޓިކަލް މޭލު ދުރުގައެވެ. އަދި ބޯޓުު އޮޔާ އަންނަ މިސްރާބަކީ އައްޑޫ ސިޓީ ހިތަދޫ ކޯއްޓޭއާ ދިމާލަށް ކަމަށް އެމްއެންޑީއެފްއިން ފާހަގަކުރެއްވިއެވެ. އިތުރު މަޢުލޫމާތުގެ ގޮތުން، މި ބޯޓަކީ ފެހި އަދި ނޫ ކުލައިގެ ބޯޓެއް ކަމަށާއި، ބޯޓުގެ ފަޅުވެރިންގެ ޙާލަތު ރަނގަޅު ކަމަށް ބޯޓުގެ ފަރާތުން އަންގާފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ހާމަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ޑައިވިން ދޯނީގައި ރޯވުން: ދޯނި އަޑިއަށް، އެކެއްގެ ފައި ފިހިއްޖެ

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

Big C9T3CKlQgbjnTSq5kPakTOIEG

ރަން މެޑަލް ހޯދި ސިފައިންނަށް ހޫނު މަރުޙަބާއެއް

“ޕެޓްސް ކޮމްޕެޓިޝަން” ވާދަކޮށް އެމްއެންޑީއެފުން ރަން މެޑެލި ހޯދައިފި