ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑެތި ތަހުގީގުތަކާ ގުޅޭ މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

Qo
STO_Ads
Maldivian_Ads
TTH_Ads
Advertisement

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސް (އާރު.ސީ.އެމް.ޕީ)ގެ އިންޓަރނޭޝަނަލް ލިއޭޒަން އޮފިސަރ އަދި ކައުންސެލަރ ވިލިއަމް (ބިލް) ބެންޓްލީ އާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވުނު މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި އާރު.ސީ.އެމް.ޕީ އާ ދެމެދު އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިންމު ދާއިރާތަކުގެ ތެރޭގައި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ތަހުގީގުތަކާއި މަސްތުވާތަކެއްޗާއި ފައިނޭންޝަލް ކުށްތަކުގެ ތަހުގީގުތަކާއި ފައިނޭންޝަލް އެނަލިސިސް އަދި ޑިޖިޓަލް ފޮރެންސިކްސްގެ އިތުރުން ރޭވިގެން ހިންގާ ކުށްތަކާއި އެތެރެކުރުން މަނާ ތަކެއްޗާގުޅޭ މައްސަލަތައް ހިމެނެއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހާއްސަ ބަހާތަކުގެ ގާބިލުކަން އިތުރުކުރުމާއި، ދެ ގައުމުގެ މެދުގައި ކުށްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ޑެޕިއުޓީ ކޮމިޝަނަރ އިސްމާޢީލް ނަވީން ވަނީ އާރު.ސީ.އެމް.ޕީ އިން ދިވެހި ފުލުހުންނަށް ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުމަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގެ ސަބަބުން ދެ ގައުމުގެ މެދުގައި ކުށްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ޓްރާންސްނޭޝަނަލް ކްރައިމް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާދެނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ހުޅުމާލެ ޓްރެފިކް ފުލުހުން “ސައިލެންޓް ޑްރިލް” އެއް ބާއްވައިފި

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި